ގެއްލިގެން ހޯދަމުން ދިޔަ ނައިޖީރިއާގެ 20000 އަށް ވުރެ ގިނަ އަންހެނުންނާއި ކުދިން އަވަށްޓެރި މާލީގެ ދެކުނުގެ ސަރަހައްދުތަކުން ފެނިއްޖެއެވެ.

ވަގަށް ނަގައިގެން މާލީއަށް ގެންގޮސްފައިވާ އަންހެން ކުދިންގެ އަދަދު 50000 އަށް ވުރެން މަތީގައި އުޅޭއިރު ނައިޖީރިޔާގެ އެންޓި-ޓްރެފިކިންގް އޭޖެންސީ ބުނެފައިވަނީ މީގެ ތެރެއިން ގިނަ ކުދިންނަކީ ނައިޖީރިޔާގެ ރަށްފުށުގެ ހިސާބުތަކަށް ނިސްބަތްވާ ކުދިން ކަމަށެވެ.

ރިޕޯޓުތަށް ބުނާ ގޮތުން ވަގަށް ނެގި ކުދިންގެ ތެރެއިން އެއް ބަޔަކަށް ވަޒީފާ ދޭނެ ކަމަށް ބުނެ މާލީއަށް ގެންގޮސްފައިވާ އިރު، ބައެއް ކުދިން ވަގަށް ނަގާފައި ވަނީ ސްކީލަށް ދިޔަ މަގުމަތީގައެވެ.

ވަގަށް ނަގާފައިވާ ކުދިންގެ ތެރެއިން ގިނަ ކުދިން މަޖުބޫރުން ހަށިވިއްކުމުގެ ވިޔަފާރީގައި ބައިވެރި ކުރިއިރު މި އަންހެން ކުދިންތައް ބައިތިއްބާފައި ތިބެނީ ޖަންގަލީގެ އެތެރޭގެ ހިސާބުތަކުގައި އެވެ.

ނައިޖީރިޔާގެ ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވެފައިވާ 60000 އަށް ވުރެ ގިނަ މީހުން އުޅޭ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ރިޕޯޓެއްގައި ވެއެވެ.

ނައިޖީރިޔާގެ އިންސާނުންގެ ވިޔަފާރީގައި އެ ގައުމުގެ ސިފައިން ވެސް ބައިވެރިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ.

2014 ވަނަ އަހަރު ނައިޖީރިއާގެ ހަގުރާމަވެރި ގުރޫޕެއް ކަމަށްވާ ބޯކޯ ހަރާމްއިން ނައިޖީރިއާގެ ސުކޫލަކަށް ހަމަލާދީ ވަގަށް ނެގި އަންހެން ދަރުވަރުން ތަކެއްގެ ތެރެއިން 82 ދަރިވަރުން އެގައުމުގެ ސިފައިން ވަނީ ސަލާމަތް ކޮށްފައެވެ. ސަލާމަތް ކުރި ކުދިންނަކީ ބޯކޯ ހަރާމްއިން 2014 ވަނަ އަހަރު ވަގަށް ނެގި 276 ކުދިންގެ ތެރެއިން ހިމެނޭ ކުދިނެވެ.

އެފްރިކާގެ ގިނަ ގައުމުތަކުގައި ކުދިންނާއި ބޮޑެތި މީހުން ވެސް ވަގަށް ނެގުމަކީ އާއްމު ކަމެކެވެ.