މޮޒަންބީކަށް ބާރުގަދަ ތޫފާނެއް އަރައި، އެގައުމުގެ ހަތަރުވަނައަށް އެންމެ ބޮޑު ސިޓީގައި ފެންބޮޑުވެ ބޮޑެތި ގެއްލުން ތަކެއް ލިބިއްޖެއެވެ.

ގަޑިއަކު 120 މޭލު ބާރު މިނުގައި ވައިޖެހުނު ކަމަށް ލަފާކުރެވޭ ތޫފާނުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މިހާރު އެގައުމުން ދަނީ ތައްޔާރުވަމުންނެވެ.

އާބާދީގައި 22 މިލިއަން މީހުން ދިރިއުޅޭ މޮޒަންބީކް ސަރަހައްދުގައި އުފެދުނު މި ތޫފާން އެ ގައުމުގެ ބައެއް އެހެން ސަހަރައްދުތަކަށް އަރައިފާނެ ކަމަށް ދުރާލައި ވަނީ އިންޒާރު ދީފަ އެވެ.

ތޫފާނުގައި ގިނަ ބަޔަކު ހާލުގައި ޖެހުނު އިރު ތޫފާނުގައި ގިނަ ސިޓީތަކުން ވަނީ ކަރަންޓް ކެޑިފައެވެ. މަގުތަކަށާއި އާންމުންގެ ގެދޮރަށް ބޮޑެތި ގެއްލުން ތަކެއް ލިބުނެވެ. އަދި ކޯރުތައް ބަންޑުންވެ ގިނަ ހިސާބުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ.

ބޮޒަންބީކަށް ބާރުގަދަ ތޫފާނެއް އަރައިފައިވާ އިރު، އިތުރު ތޫފާނެއް އެގައުމުގެ އައްސޭރި ފަށުގައި ދަނީ އުފެދެމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ކުރާގޮތުގައި މި ތޫފާންގެ ބާރުމިން މިހާރު ދަނީ ދަށްވަމުންނެވެ.

މޮޒަންބީކުގެ އައްސޭރިފާށުގެ ބޭރުން އުފެދެނު ބާރުގަދަ ދެވަނަ ތޫފާން އެންމެ ލަސްވެގެންވެސް އަންނަ ހުކުރު ދުވަހުގެ ވަގުތެއްގައި އެގައުމަށް އަރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އާބާދީގެ 85 އިންސައްތަ މީހުން ރަށްފުށުގެ ސަރަޙައްދުގައި ދިރިއުޅެމުންދާ މޮޒަންބީކަށް 2009 ވަނަ އަހަރު ވެސް ވަނީ ބާރުގަދަ ތޫފާނެއް އަރާފައެވެ. އޭރު އެރި ތޫފާނުގެ ސަބަބުން 34 މީހުން މަރުވެ އެތަށް ބަޔަކު ވީނުވީ އެއް ނޭގި ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު