މާކްސް އެންޑް ސްޕެންސަރ (އެމް&އެސް) ގެ ބްރޭޑްގެ ފާޚާނައިގައި ބޭނުން ކުރާ ޓިޝޫތަކެއްގައި ﷲ ގެ އިސްމުފުޅު ގޮތަށް ލިޔެފައިހުރުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިހާރު މީސްމީޑާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި މީހަކުވަނީ އެމް&އެސްގެ އަލޯވެރާ 3ޕްލައި ޓޮއިލެޓް ޓިޝޫއުރައެއް ކަނޑާލާ އޭގައި ﷲ ގެ އިސްމުފުޅުވާ ގޮތަށް ލިޔެފައިވާ ކަމަށް ބުނެފައެވެ. މިވީޑިއޯ ގިނަ އަދަދެއްގެ ބަޔަކު މީސްމީޑިޔާގައި ދައުރުކުރަމުން އަންނަ އިރު، ވީޑިއޯގައި އިތުރަށް ބުނެފައިވަނީ މިގޮތަށް ފާޚާނަ ޓިޝޫއެއްގައި ﷲ ގެ އިސްމަފުޅު ޖެހުމަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުން ކަމަށެވެ.

މިވީޑިއޯ ޝެއަރ ކުރަމުން ގިނަ ބަޔަކު މިބްރޭންޑް ބޮއިކަޓް ކުރުމަށް ގޮވާލަމުން ދާއިރު، ބައެއް މީހުންވަނީ މިއީ ހަދައިގެން އުޅޭ ކޮންސްޕިއަރީ ތިޔަރީއެއް ކަމަށް ބުނެފައެވެ.

މި މައްސަލައާ ގުޅޭގޮތުން އެމް&އެސް އިން ބުނެފައިވަނީ މިމައްސަލަ އެޓީމުން ތަޙްޤީޤްކޮށްފައިވާ ކަމަށާއި އަދި އެއްވެސް ދީނަކަށް ނުވަތަ ބަޔަކު ޤަބޫލު ކުރާ ޤަބޫލު ކުރުމަކަށް ފުރައްސާރަ ވާ ގޮތަށް އެއްވެސް ޕްރަޑަކްޓްއެއް ހަދާ އިޝްތިހާރުކޮށްފައި ނުވާ ކަމަށެވެ. އަދި ﷲ ގެ އިސްމަފުޅު ކަމަށް ބުނެ ދައްކަމުން އަންނަ ނިޝާނަކީ އަލޯވެރާ ފަތެއް ކަމަށާއި ޑިޒައިނަރު ކުރެހި ގޮތުން ﷲ ގެ އިސްމަފުޅާ ވައްތަރު ގޮތެއް ހުރި ނަމަވެސް އެއީ އެ ނޫން ކަމަށްވެސް އެމް&އެސް އިންވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހްމަދު

    ތީނީ ހަމަ އެލޯވީރާ ފަތެއް އެމްބޮސްކޮށްފާ. މިވެރިން ހީކުރަނީ މިމީހުން ނޫން މީހުންނަކަށް އެއްޗެއްނޭގޭނެކަމަށް.؟ މިހުންނަނީ ހަމ ގަސްތުގާ މުސްލިމުންނަށް ޖެއްސުންކޮށްފާ.

  2. މީ

    އަސްތަޤްފިރުﷲ. ﷲ އަކުބަރު

  3. ނަންނުގަތި

    ތީތި ހުރި ފާޚާނާއަކަށް މަ ނުވެސް ވަންނާނަން

  4. އަފީ

    މިހާރުން މިހާރަށް ތިޔަ ޓީސޫ އުފެއްދި ކުންފުނި އުވާލުމަށް ގޮވާލަން!

  5. ނުރަބޯ

    ނޫން އެއީ ހަމަ ﷲގެ އިސްމުފުޅު. އެއީ ކާފަރުން އަލަށް ކުރާކަމެއްނޫން. ބައެއްކަހަލަ ފައިވާނުގެ ދަށްފުށުގަ އާއި ވެހިކަލްތަކުގެ ޓަޔަރގެ ބިންމަތީގައި ޖެހޭބައިގައިވެސް ﷲގެ އިސްމުފުޅު ހުންނަގޮތަށް ޑިޒައިން ކޮށްގެން މާރކެޓްކޮށްފަ މީގެކުރިންވެސް އެބަހުރި. މައްސަލަ ހިލިގަތީމާ ދެން ނޫންކަމަށް ހެދޭނެ ކަމެއްނެތް.