ކެނެޑާގެ ކިއުބެކް އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އުޅުނު މަތިންދާބޯޓަކަށް އެރި 200 އެއްހާ ފަސެންޖަރުން ބަލިވެއްޖެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އެއާ ޓްރާންސެޓް ފްލައިޓަށް އެރި ހުރިހާ ފަސެންޖަރުންގެ ހާލު ދެރަވިއެވެ. އެ އެ މަތިންދާބޯޓަކީ އެމެރިކާގެ އެއާޕޯޓަކަށް ދިއުމަށް ތައްޔާރުވަމުންދިޔަ ބޯޓެކެވެ.
އެ މަތިންދާ ބޯޓުގައި ތިބި އެންމެންނަށް ޕެރަމެޑިކްސް އިން ފަރުވާދިނެވެ. އަދި ފަސް މީހަކު ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައި ވެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އެ މަތިންދާބޯޓަށް އެރި އެންމެން ކަހަލަ ގޮތަކަށް ބަލިވިއިރު، ބައެއް މީހުންގެ ލޯ ކަހާ، ބޯ އަނބުރާ، ހޮޑުލަވާ ހެދިއެވެ. އަދި މި ކަންތައް ދިމާވީ އެ ބޯޓު ނައްޓާލުމުގެ ކުރިންކަމަށްވެސް ރިޕޯޓްތައް ބުންޏެވެ.
މި ހާދިސާ އާއި ގުޅިގެން ފަޔާ ފައިޓަރުންވެސް ހަރަކާތްތެރިވިއެވެ. އަދި މަތިންދާބޯޓުގެ ތެރޭގެ ވައިގެ ކޮލެޓީ ގޯސް ނޫންކަމަށްވެސް ބުނެފައި ވެއެވެ.
ބެލެވޭގޮތުގައި، އެ މަތިންދާބޯޓަށް އެރި އެންމެން ބަލިވީ ވެންޓިލޭޝަންގެ މައްސަލައެއްގެ ސަބަބުން ކަމުގައިވެދާނެއެވެ.