ޕެސިފިކް ކަނޑުގެ ސޮލޮމަން އައިލެންޑްސްއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އެގައުމަށް މިއަދު އައި ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރެކްޓާ މިންގަނޑުން 6.4ގެ ބާރު މިނުގައެވެ.

ބިންހެލުން އައިސްފައިވަނީ ސޮލޮމަން އައިލެންޑްސްގެ ހުޅަނގުން އޮންނަ ކިރަކިރާގެ އުތުރހުޅަނގުން 50 ކިލޯމީޓަރު ދުރަށް ކަމަށާއި، ބިންހެލުން އުފެދިފައިވަނީ 180 ކިލޯމީޓަރު ފުނުން ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭއިން ބުނެފައި ވެއެވެ.

މިބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު އަދި ދީފައި ނުވާއިރު އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ.

ރާއްޖެއާއި 9000 ހާސް ކިލޯމޯޓާ ދުރުގައި އޮންނަ ސޮލޮމަން އައިލެންޑް އައިސްފައިވާ އިރު 2017 ވަނަ އަހަރު 8.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް ސޮލޮމަން އައިލެންޑްގެ ބިމަށް އައިސްފައިވެއެވެ.