އެމެރިކާ އާއި ޠާލިބާނުންގެ މެދުގައި ކުރިއަށްދާ މަޝްވަރާތައް ކާމިޔާބު ވެދާނެ ކަމުގެ އުއްމީދު މިހާރު އާވެއްޖެ ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ޠާލިބާނުންނާއި އެމެރިކާގެ އޮފިޝަލުންނާއި ދެމެދު ޤަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ މަޝްވަރާތަކުގައި އިއްޔެ ވަނީ އެއްބަސްވުމެއް ޑްރާފްޓެއް ތައްޔާރު ކުރެވިފައި ކަމަށް ޠާލިބާނުންގެ އޮފިޝަލުންނާއި ހަވާލާދީ ރޮއިޓާސް އިން ބުނެއެވެ.
މިއީ 17 އަހަރު ވެފައިވާ އަފްޣާނިސްތާން ހަނގުރާމައަށް ނިމުމެއް ގެނެވިދާނެ ކަމުގެ އުއްމީދު އާވި ފުރަތަމަ ފަހަރު ކަމަށް ބައެއް އޮފިޝަލުން ބުނެއެވެ. ނަމަވެސް އަނެއްބައި އޮފިޝަލުން ބުނާ ގޮތުގައި ޠާލިބާނުންނާއި އެކު ސުލްހައިގެ އެއްބަސްވުމަކަށް ދިއުމަކީ މޮޔަ ކަމެކެވެ. އެއްބަސްވުމުގެ ނާޖާއިޒް ފައިދާ ނަގައިގެން ޠާލިބާނުން އިތުރަށް ވަރުގަދަ ވެގެން ހިނގައިދާނެ ކަމުގެ އިންޒާރު އޮފިޝަލުން ދެއެވެ.
މިހާރު އެމެރިކާ އާއި ޠާލިބާނުން ކުރަމުން ގެންދާ މަޝްވަރާތަކުން އެކުލަވާލެވިފައިވާ ޑްރާފްޓް އެއްބަސްވުން ބުނާ ގޮތުގައި އެއްބަސްވުމުގައި ސޮއި ކުރާތާ 18 މަސް ދުވަސް ތެރޭގައި އަފްޣާނިސްތާނުގައި ތިބި އެހެން ގައުމުތަކުގެ ސިފައިން އަފްޣާނިސްތާނުން ބާލަން ޖެހެއެވެ.
ހަމަލާ ބަދަލު ކުރުމުގެ މަގުޗާޓެއް އެކުލަވާލަން ވެސް ޠާލިބާނުން އެއްބަސްވެފައިވާ ކަމަށް ވެއެވެ. އޭގެ އިތުރުން އަފްޣާނިސްތާންގެ ސަރުކާރާއި އެކު މަޝްވަރާތައް ފަށަން ވެސް ޠާލިބާނުން ތައްޔާރެވެ. ނަމަވެސް އޭގެ ކުރިން ޠާލިބާނުންނަށް އަމާޒުކޮށް ހަމަލާތައް ދިނުން ހުއްޓާލަން އަފްޣާނިސްތާން ސަރުކާރަށް މަޖުބޫރެވެ.
އެމެރިކާ އާއި އެކު ގާއިމް ކުރަން ޠާލިބާނުން ބޭނުންވާ އެއްބަސްވުމުގައި ޖަލުތަކުގައި ތިބި ޠާލިބާން ޖަމާޢަތައް ނިސްބަތްވާ މީހުން ދޫކޮށްލުމާއި، ދަތުރުކުރުން މަނާ ކޮށްފައިވާ ޠާލިބާނުންގެ ލީޑަރުން ދަތުރު ކުރުން މަނާ މީހުންގެ ލިސްޓްތަކުން އުނި ކުރަން އެމެރިކާ އިން އެއްބަސްވުން ވެސް ހިމެނެއެވެ.
މި އެއްބަސްވުމާއި ބެހޭ ގޮތުން އެމެރިކާ އިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
ޠާލިބާނުން އެމެރިކާ އާއި އެކު ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ތައްޔާރުވަމުން ދާއިރު ފަހަކަށް އައިސް ޠާލިބާނުންގެ ބާރު އަންނަނީ ވަރުގަދަ ކުރަމުންނެވެ. މިހާރު އަފްޣާނިސްތާންގެ ދެބައިކުޅަ އެއްބައި ވަނީ ޠާލިބާނުންގެ ބާރުގެދަށަށް ގެންގޮސްފައެވެ. މިއީ 2001 ވަނަ އަހަރު އެމެރިކާ އިން ޠާލިބާނުންގެ ސަރުކާރު ވައްޓާލި ފަހުން ޠާލިބާނުންގެ ބާރު އެންމެ ވަރުގަދަ ވެފައިވާ ދުވަސްވަރެވެ.
ސޮލީބީންޖެހޭނީ މުސްލިމް ލަޝްކަރުގެ ކުރިމަތީގަ ކުޑަކަކޫޖަހއިގެން އިނދެ ރޯން އިންޝާﷲ !
ޤައުމު ބަނގުރޫޓު ވާންފެށީނަ ޙަރަދު ބޮޑު ކޮޅުތައް ކޮށާލަނީ! ހެހެހެ އެތައް އަހަރެއްފަހުންވެސް ޑިމަކުރޭޒީ އެއް ނުފެތުރުނު. ނަސްރު ވާނީ މުއުމިނުންނަށް!
ތާލިބާނުން ކުރިމަތީގަ ކެތެއްނުކުރެވޭނެ . ދުނިޔެ ދެމި އޮތްހާދުވަހަކު ދެމިއޮންނަ ހަގުރާމަ އެއް އެމެރިކާ އަކަށް ވެސް ނުކުރެވޭނެ.