އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ ރައްޔިތަކު ޝަހީދު ކޮށްލައިފިއެވެ.

އިސްރާއީލުގެ ސިފައިނާއި މިނިވަންކަމަށް އެދި ގޮވަމުންދާ ފަލަސްތީނުގެ ރައްޔިތުނާއި ދެމެދު އިއްޔެ ހިންގި ކުރިމަތިލުމެއްގައި ބަޑި ޖަހައި ޝަހީދު ކޮށްލާފައިވަނީ އުމުރުން 38 އަހަރުގެ ހަމްދީ ނަސާން ނަމަކަށް ކިޔާ މީހެކެވެ.

އިސްރާއީލުން ހިސޯރުކޮށްފައިވާ ފަލަސްތީނުގެ ރާމަﷲ ގައި ހިންގި މި ކުރިމަތިލުމުގައި އިސްރާއީލުގެ ސިފައިން ލައިވް ވަޒަން ބޭނުން ކުރުމުގެ ސަބަބުން އިތުރު 30 މީހަކު ވަނީ ޒަހަމް ވެފައެވެ.

އިއްޔެ މި ކުރިމަތިލުން ހިގަން މެދުވެރިވީ ރާމަﷲގެ އަވަށެއް އިސްރާއީލުގެ ސިފައިން ރެއިޑު ކުރަން އުޅުމުންނެވެ.

އިސްރާއީލުގެ ސަރުކާރުން ދަނީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުތަށް ސުންނާފަތިކޮށް އެތާގައި ޔަހޫދީން ވަޒަންވެރިކުރުމަަށް އެމެރިކާގެ އެހީތެރިކަމާއި އެކު މަސައްކަތް ފަށާފައެވެ. އިސްރާއީލުގެ މި އަމަލުތަކަކީ ދުނިޔޭގެ މުއާހަދާތަކާއި މުޅިން ހިލާފު އަމަލުތަކެކެވެ.

އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި މިދިޔަ ހަފްތާގައި ފަލަސްތީނުގެ އަންހެނަކު ވެސް ވަނީ ޝަހީދު ކޮށްލާފައެވެ.

މިދިޔަ އަހަރު މާޗް މަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 245 އަށް އަރާފައިވާއިރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޒަހަމްވި މީހުންގެ އަދަދު 22000 ވުރެ މައްޗަށް އަރައެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްފައިވާއިރު 1948 ވަނަ އަހަރު އުފެދިގެން އައި އިސްރާއީލް ދައުލަތް ފެށުމާއެކު، މުސްލިމުންގެ ތިންވަނަ މުޤަސްދަސް ބިން ކަމުގައިވާ ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ލޭ، ކޮންމެ ދުވަހަކު ދަނީ އޮހޮރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. الوطن

    انا لله وانا اليه راجعو.

  2. ލަބީބު

    ރައީސް ޔާމީނަށް ދުއްތުރާކޮށް ނޮހޮރުއްޕާންކުރުމަށް ސްޕްރީމްކޯޓު މެދުވެރިކޮށް މިހުރިހާ މުނާފިޤުކަންތައް ކުރިމީހުން ، މިމީހުންނާދެކޮޅަށް ހަމައެގޮތަށް އެހެންބަޔަކު ސްޕްރީމްކޯޓުގެބޭނުން ހިފަފާނޭކަމަށް ހީވާތީ ބިރުގެންފިތާ؟ ސްޕްރީމްކޯޓެއް އެހެން އެއްޗެއް ކިޔަނޭކަމެއް ނެތެވެ. އިންޝާއަﷲ އަހަރުނުވަނީސް ވެރިކަން ވެއޓޭނެއެވެ.

    • ކިކިކި

      ހިސާބަށްވުރެ ސިޔާސީ މޮޔަވީމަ ވާނީތިހެން.ކޮމެންޓު މިލިޔެވެނީ ކޮންކަހަލަ ލިޔުމަކަށް ކަމެއްވެސް ބަލާނުލާ..