ފިލިޕީންސްގެ ދެކުނުގެ ސަރަހައްދެއްގައި ދިން ބޮމުގެ ދެ ހަމަލާއެއްގައި މަދުވެގެން 19 މީހުން މަރާލައިފިއެވެ.
ފުލުހުން ދެންމެ ބުނީ ބޮމުގެ ހަމަލާތަކުގެ ސަބަބުން ފަންސާހަކަށް މީހުން ޒަހަމްވެފައިވާ ކަމަށެވެ.
ހަމަލާދީފައި ވަނީ ރޯމަން ކެތޮލިކް ޗާޗެއްގެ ކައިރީގައެވެ. ހަމަލާ ދިން ސަރަހައްދަކީ ހަރުކަށި ފިކުރުގެ މުސްލިމު ހަނގުރާމަވެރިން ދިރިއުޅޭ ސަރަހައްދެކެވެ. ނަމަވެސް މިހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.
ހަމަލާގެ ސަބަބުން ޒަހަމްވި މީހުންނާއި މަރުވި މީހުންގެ ތެރޭގައި އާއްމުންނާއި ސަލާމަތީ ބާރުތަކުގެ އޮފިސަރުން ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.
ބޮމުގެ ހަމަލާތަކާއި ގުޅިގެން ސަލާމަތީ ބާރުތަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
ބޮމުގެ ހަމަލާތައް ދިން ސަރަހައްދުގެ މަގު މަތީގައި ވެސް މަރުވެފައިވާ މީހުންގެ ހަށިތަކާއި ޒަހަމްވެފައިވާ މީހުން އެބަތިބި ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ފިލިޕީންސްގެ އަބޫ ސައްޔާހް ޖަމާޢަތް މިހަމަލާގެ ފަހަތުގައި އޮވެދާނެ ކަމަށް ތުހުމަތު ކުރެވެއެވެ. އެއީ އެމެރިކާ އިން ބްލެކްލިސްޓް ކޮށް ޓެރަރިސްޓް ޖަމާޢަތެއް ކަމަށް ކަނޑައަަޅާފައިވާ ޖަމާއަތެކެވެ. އަބޫ ސައްޔާހް ޖަމާއަތުން ވަނީ މީގެ ކުރިން ވެސް ފިލިޕީންސްގައި ބޮމުގެ ހަމަލާތައްދީ މީހުން ކިޑްނެޕްކޮށް ގަސްދުގައި އެތައް ބަޔަކު މަރާފައެވެ.
މިއަދު ދިން ބޮމުގެ ދެހަމަލާގައި އެތައް ބަޔަކު ޒަހަމްވެފައި ވާތީ ހަމަލާގެ ސަބަބުން މަރުވާ މީހުންގެ އަދަދު އަދި އިތުރު ވުން އެކަށީގެންވެއެވެ.
ސުބުހާނަﷲ
އަލްހަމްދުﷲ. ފިލިޕީންސްގައި އަހަރެމެން މުސްލިމުން ކިޑްނެޕްކޮއް މުސްލިމް އުޚްތުންގެ އިއްފަތް ފޭރޭ އިރު ކަލޭމެން ސުބުހާނަﷲ ނުބުނެ ބިމައް ބަރިހެލިވެފަ ތިޔާ ތިބީ ކީއްވެ