ތުރުކީގެ އަންޓަލްޔާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުގަދަ ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ނަގޫރޯޅީގައި އެވަގުތު އެއާޕޯޓުގައި ފުރަން ތައްޔާރުވެފައި އޮތް ދެ މަތިންދާބޯޓަކަށްވެސް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބި އޭގެތެރެއިން އެއް ބޯޓުގައި ތިބި 12 މީހަކު ވަނީ ޒަހަމް ވެފައެވެ.

ގަދަ ވަޔާއެކު އެރި މި ނަގޫރޯޅީގައި އެއާޕޯޓުގެ ގިނަ އަދަދެއްގެ ވެހިކަލްތަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. މީގެ އިތުރުން ފުލުހުންގެ ހެލިކޮޕުޓަރަކަށް ވެސް ވަނީ ގެއްލުން ލިބިފަައެވެ.

މި ނަގޫ ރޯޅިގައި އެވްރެޖްކޮށް 147 މޭލު ބާރު މިނުގައި ވައިޖެހުނު ކަމަށް ރެކޯޑް ކުރެވުނު އިރު މި ހާދިސާގައި ޒަހަމުވި މީހުންނަށް ވަނީ ކައިރި ހޮސްޕިޓަލް ތަކުން ފަރުވާދީފައެވެ.

ނަގޫރޯޅިއަކީ ބާރުގަދަ ތޫފާންތަކުގަޔާއި ވައިބާރު ދުވަސްވަރު އުފެދޭ އެއްޗެކެވެ. މޫސުން ރަގަޅު ދުވަސްވަރުވެސް ވައިގެ ޕްރެޝަރު ހުރި ގޮތަކުން ނަގޫރޯޅިއެއް އުފެދުމަކީ ދުރުކަމެއް ނޫނެވެ.

ދުނިޔޭގެ އެކި ސަހައްދުތަކުގައި ނަގޫ ރޯޅިއެރުމުގެ ހާދިސާ ތަކުގައި ކޮންމެ އަހަރަކުވެސް އެތަށް ބަޔަކު މަރުވެއެވެ. ހާއްސަކޮށް އެމެރިކާއަކީ އެންމެ ގިނައިން ނަނގޫ ރޯޅި އަރާ އެއް ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރާއްޖެތެރެ މީހާ

    މި ހަބަރު މީސް މީޑިޔާގަ ދައުރު ވަމުން ދަނީ ނަގޫބަޅެއް އަރައިގެން އުޅޭ ކަމަށް،

  2. ޔަޒޭ

    ޔަޒޭ ސޮރީ ބުނި