ދުނިޔޭގައި ތަރައްގީ އާއި ތަހުޒީބުގެ ގޮތުން އެންމެ ކުރި އަރާފައިވާ އެއް ގައުމުކަމުގައިވާ ޖަރުމަންވިލާތުގައި އިސްލާމްދީނަށް ޖާގައެއް އަދި ފުރުސަތެއް ނެތްކަމަށް އެގައުމުގެ ސަރުކާރުގެ އާ ކޯލިޝަންގެ އިސް މިނިސްޓަރަކު ވިދާޅުވެއްޖެއެވެ.
ޖަރުމަންވިލާތުގެ އާ އިންޓީރިއާރ މިނިސްޓަރު ހޯރސްޓް ސީހޯފާރ ވަނީ ޖަރުމަންވިލާތަކީ ޒަމާނީގޮތުންވެސް އަދި އާދަކާދައިގެ ގޮތުންވެސް ކްރިސްޓިއަން ދީނަށް ނިސްބަތްވާ ގައުމެއްކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރުގެ މި ވާހަކަތަކާއި ގުޅިގެން ޖަރުމަންވިލާތުގެ ޗާންސެލާރ އެންގެލާ މާރކެލް ވަނީ އެ ވާހަކަތަކާއި ދެކޮޅު ހަދައި ޖަރުމަންވިލާތަކީ ކްރިސްޓިއަން ދީނުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވާ ގައުމެއްކަމަށާއި ހަމަ އެގޮތަށް ޔަހޫދީ ދީނުގެ ފިކުރުވެސް ޖަރުމަންވިލާތުގައި އެބަ އޮތްކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ޖަރުމަންވިލާތަކީ ހަތަރު މިލިއަން މުސްލިމުން ދިރިއުޅޭ ގައުމެއްކަމަށާއި އަދި އެއީ ޖަރުމަންވިލާތަށް ނިސްބަތްވާ އެގައުމުގެ ބައެއްކަމަށާއި އަދި އެ ރައްޔިތުންނަށްވެސް އެމީހުންގެ ދީނާއި އެއްގޮތަށް އުޅުމުގެ މިނިވަންކަން އޮންނާނޭކަމަށް ވިދާޅުވެފައެވެ.
އިންޓީރިއާރ މިނިސްޓަރު ސީހޯފާރ ދެއްވި އިންޓަވިއުއެއްގައި އޭނާ ވަނީ ޖަރުމަންވިލާތުގައި އުޅޭ މުސްލިމުންނަކީ ޖަރުމަންވިލާތަށް ނިސްބަތްވާ ބައެއްކަމުގައި ވީނަމަވެސް ޖަރުމަންވިލާތުގެ ހަގީގީ އާދަކާދަތައް އެހެން ބަޔަކަށް ހެޔޮވުމުގެ ނިޔަތުގައި ދޫކޮށްލާކަށް ނުޖެހޭނޭކަމަށާއި އަދި މުސްލިމުން ޖަރުމަންވިލާތުގެ އެހެން ރައްޔިތުންނާއި އެކު ދިރިއުޅެން ދަސްކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.
ސީހޯފާރ އަކީ ޖަރުމަންވިލާތުގެ ކޯލިޝަން ސަރުކާރުގެ މުހިންމު ބައިވެރިއެއްކަމުގައިވާ ސީ.އެސް.ޔޫ ޕާޓީގެ ލީޑަރެވެ. އޭނާއަކީ ޗާންސެލާރ މާރކެލް ޖަރުމަންވިލާތަށް ހާލުގައި ޖެހިފައިވާ ގައުމުތަކުން ހިޖުރަކުރާ މީހުން ވެއްދުމުގެ ސިޔާސަތާއިވެސް ވަރަށް އިދިކޮޅު ފަރާތެކެވެ.
ތިހެން އަޑަށްބާރުލާ ހަޅޭލެވިޔަސް ތީ ނުވާނެކަމެއް...އަޅެ މޮޅިއްޔާ މީހުންގެ ހިތްތަކަށްވަންނަ އިސްލާމީ ނޫރުގެ އަލިކަން ފޮހެލަބަލަ....އޭރަށްތާ އެނގޭނީ ތިގައުމުގަ އިސްލާމްދީނަށް ފުރުސަތެއް ނެތްކަން...ނުވާވަރުކަންތައްތަކާއި ނޫޅޭ ވާވާރުގެ ކަންތައްތަކާ އުޅެބަލަ.
ހާމާނާއި ފިރުޢައުނާއި އަބޫޖަހުލުވެސް ތިހެން ބުނި! ވީކަމެއް ހަމަ ހަރާން. އިރާދަކުރެއްވިއްޔާ އެންމެ ބާރަށް އިސްލާމްދީން ފެތުރޭ ޤައުމަކަށް ޖަރުމަނު ވާނެ.
ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އިސްލާމީ ނޫރު މިބިންމަތީން ފޮހެ ނުލޭވޭނޭ.
އެހެންވީމަ އަހަރުމެންމިބުނަނީ ތީމުނާފިގުންނޭ. ތިތާވިއްޔާ އިސްލާމްދީނައް ފުރުސަތެއްނެއް އެގޮތްވެސް ހަމަރަގަޅު އަމިއްލަނިންމުން. މިތާވިއްޔާ ހުރިހާދީނަކައް ފުރުސަތުއޮންނަންޖެހެ އެކަމައްނޫނެކޭ ބުނުމުގެބާރު މިގައުމައްއޮވެގެނެއްނުވެ. މީއަރަތެއްތަ
ބަރާބަރު
އަސްލުވެސްތަ؟؟ހަމަ ތިހެން ބުނެލަން ކެރޭނެބާ ތިބާގެ ހިސާބުބެއްލެވޭ ދުވަހު؟؟
އެންޖެލާ އަކީ ބުއްދިވެރި ރަގަޅު މަޑުމައިތިރި ސިޔާސަތެއް ގެންގުޅުއްވާ ވެރިއެއް.
ބުނޭ އެހެންކަމެއް ހޯދައިގެެން އެކަމަކައިގެން ދާށޭ
މިމީހުން އެތާނގެ ވަޒަންވެރި އަދި އެތާ އެތައްޒަމާނަކު އަޅުކަން ކުރި މިސްކިތތަކާ އެކު ނައްތާލަންވީ. މިރާއްޖޭގަ ވީ އެމީހުންގެ ދީނަށް ޖާގަދޭން. ކޮންފަދަ ހަޔާތް ކުޑަ ބައެއް.
ތިޔަ ތާގަ ޖަރުމަނުގަ އެބައުޅޭ ރާއްޖެއިން ފިލާގެން އައި ސިސް އަށް ދާ މަގުމަތީގަ ހުރި މީހަކު އެއީ އައްޝޭހު ބުރުމާ އަބޫ ގާސިމް ކިޔާ މީހެއް އަވަހަށް އެކަލޭގެ އަތުލާގަނޭ