ދުނިޔެ ހިމެނޭ ސުރޫދަ ނިޒާމު (ސޯލާ ސިސްޓަމް) ގެ ތިން ގުރަހައެއް އެއްލައިނަކަށް އަރާތީ މި މަހު މެދުތެރޭ ދުނިޔޭގެ އެކި ހިސާބުތަކަށް ބާރުގަދަ ބިންހެލުންތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދީފިއެވެ.

ސުރޫދަ ނިޒާމުގައި ހިމެނޭ މާސް, ޔޫރޭނަސް, ނެޕްޓިއުން އަންނަ ހަފްތާގައި އެއް ލައިނަކަށް ދިމާވެ އޭގެ ސަބަބުން އުފެދޭ ބިމަށް ދަމާ ބާރެއްގެ ސަބަބުން ދުނިޔޭގެ ބިންހެލުން އުފެދޭ ޓެކްޓޯނިކް ޕްލޭޓްތަކަށް އަސަރުކޮށް ދުނިޔޭގެ އެކި ހިސާބުތަކަށް ބާރުގަދަ ބިންހެލުންތަކެއް އަތުވެދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

ސައިންސްވެރިން ބުނާގޮތުގައި މިހާރު އާދަޔާ ހިލާފަށް ދުނިޔޭގެ އެކި ހިސާބުތަކަށް ކުދި ބިންހެލުން އަންނަމުން ދިޔުމަކީ މީގެ އަލާމާތެއް ކަމަށެވެ. ފާއިތުވެދިޔަ ދުވަސްތަކުގެ ރެކޯޑުތަކާއި މިއަހަރުގެ ރެކޯޑުތައް އަޅައިކިޔާލާއިރު އެކަން ސާފުވެގެންދެއެވެ.

ބިންހެލުމަކީ އިންސާނުންނަށް ހުއްޓުވޭނެ ކަމެއް ނޫނެވެ. ގުރުރަތީ މިފަދަ ކާރިސާތަކަކީ އަބަދުވެސް ހިނގަ ހިނގާ ހުންނަ ކަންކަމެވެ. ކޮންމެ ދުވަހަކުވެސް ދުނިޔޭގެ ކޮންމެވެސް ހިސާބަކަށް ބިންހެލުމެއް އަންނަ އިރު މިއިން ކޮންމެ ބިހެލުމަކީ ގެއްލުން ވާ ކަހަލަ ބިންހެލުންތަކެއް ނޫނެވެ.

ދުނިޔެއަށް މިހާތަނަށް އައި އެންމެ ބާރުގަދަ ބިންހެލުން ރެކޯޑް ކުރެވިފައިވަނީ 9.5 ގެ ބާރުމިނުގައި 1960 ވަނަ އަހަރުއެވެ. ޗިލީ އަށް އައި މި ބިންހެލުމަކީ ބިންހެލުންތަށް މޮނިޓަރު ކުރަން ފެށިފަހުން ރެކޯޑް ކުރެވުނު އެންމެ ބާރުމިނެވެ.

20 ވަނަ ގަރުނުގައި އައި އެންމެ ބާރުގަދަ ބިންހެލުން ގޮތުގައި ސިފަކުރާ މި ބިންހެލުމުގައި 2 މިލިއަން މީހުންގެ ގެދޮރު ގެއްލުނެވެ. އަދި މި ބިންހުމުގައު އުފެދުނު ބިޔަ ރާޅުތަކުގެ ސަބަބުން 6000 އަށްވުރެން ގިނަ މީހުން މަރުވިއިރު . ސުނާމީގެ ރާަޅުތަށް ފިލިޕީންސާއި ހަމައަށް ފޯރިއެވެ.

ސައިންސްވެރިން މީގެ އެތައް އަހަރުތަކެއް ކުރިން ވަނީ ދިރާސާތަކެއް ކުރިން ވަނީ ބިންހެލުން ދިރާސާ ކުރަން ފަށާފައެވެ. އެދިރާސީ މަސައްކަތްތަކުން ސައިންސްވެރިނަށް ހޯދުނީ ދުނިޔެއަށް ބާރުގަދަ ބޮޑު ބިންހެލުމެއް އައުން އަނެއްކާވެސް ގާތްވެފައިވާކަމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަފާ

    އިންޑަނޭޝިއާއަށް 2004 އަށް އައީ 9.6ގެ ބިންހެލުމެއް..

  2. ެއޭނަ

    ކީވެތޯ ބައެއް ބަސްތަށް ދިވެހި ބަހުން އަދި އަނެއް ބައި ބަސްތަށް އިނގިރޭސިން ؟

    2
    1