އަވަށްޓެރި އިންޑިޔާގައި އަދިވެސް ހަލުވި މިނުގައި ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ފެތުރެމުންދާތީ ސަމާލުވުމަށް އަންގައިފިއެވެ.

ނޭޝަނަލް ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލުން ބުނިގޮތުގައި، ސްވައިން ފްލޫ ޖެހިގެން 226 މީހަކު މިހާރު ވަނީ މަރުވެފައެވެ.

ސްވައިން ފްލޫ އެންމެ ގަދަޔަށް ފެތުރެމުންދަނީ އިންޑިއާގެ އުތުރުގެ ސިޓީތަކުގައެވެ، އެގޮތުން ރަޖަސްތާނުގައި ސްވައިން ފްލޫ ޖެހިގެން 85 މީހަކު ވަނީ މަރުވެފައެވެ. އަދި 2000 އަށްވުރެ ގިނަ މީހުން އެ ބައްޔަށް ޕޮޒިޓިވްވެފައި ވެއެވެ.

އަދި ގުޖްރާތުގައި މި ބަލި ޖެހިގެން 43 މީހަކު މަރުވިިއިރު، ޕަންޖާބްގައި 30 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

އޮފިޝަލުން ބުނާގޮތުގައި، މި ބަލި ޖެހިގެން ދިއްލީގައި މަރުވެފައި ވަނީ ހަ މީހުންނެވެ. އެހެން ނަމަވެސް ހޮސްޕިޓަލްގެ ރިޕޯޓްތަކުން ދައްކާގޮތުގައި، އެ ބަލީގައި 10 މީހަކު ވަނީ މަރުވެފައެވެ. އަދި ދިއްލީގައި މިހާތަނަށް 1000 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާކަމަަށް ވެއެވެ.

މިކަމާއި ގުޅިގެން އިންޑިއާގެ ސަރުކާރުން ވަނީ، ސިއްހީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަައި ހާއްސަ އިލްތިމާސް އެއް ނެރެފައެވެ. އެގޮތުން ވަކި ކަހަލަ ބަލިތަކެއް ހުންނަ މީހުން ބޭރަށް ނުކުމެ ނޫޅުމަށް ވަނީ ނަސޭހަތް ދީފައެވެ.

މި ބަލި ފެތުރެމުން ދަނީ، ބަލި ޖެހިފައިވާ މީހަކު ކެއްސާ، ކިބިހި އަޅާއިރު،އާއި ނޭވާލާއިރު ކައިރީގައި ހުރުމުގެ ސަބަބުން އޭގެ އަސަރުކޮށްގެންކަމަށް ވެއެވެ.

މި ބަލިޖެހިއްޖެ ނަމަ ހުންއައިސް، ކެއްސާ، ކަރު ތެރެ ދުޅަވެ، ރޯގާޖެހި، ނޭވާލާންވެސް އުނދަގޫވާނެއެވެ. އަދި ބައެއް ފަހަރު ގައިގާ ރިއްސުމާއި، ބޮލުގެ ރިއްސުމާއި، މާގިނައިން ފާހަނައަށް ދެވުމާއި، ހޮޑުލުންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު