މިދިޔަ އަހަރުގެ ތެރޭގައި ކެނެޑާގެ މިސްކިތެއްގައި ހަމަލާދީ 6 މީހަކު މަރާލި މީހާ އުމުރު ދުވަހަށް ޖަލަށް ލުމަށް އެޤައުމުގެ ކޯޓުން ޙުކުމްކޮށްފިއެވެ،

ކެނެޑާގެ ކޯޓުން އުމުރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައިވަނީ އެލެކްސެންޑްރާ ބިސޮނެޓީ ނަމަކަށް މީހަކަށެވެ. މިޙުމަކީ 2017 ވަނަ އަހަރުގެ ތެރޭގައި ކެނެޑާގެ މިސްކިތަކަށްވަދެ ބަޑިން ހަމަލާދީ 6 މީހަކު މަރާލުމުގެ ކުށުގައި ކުރާ ދަޢުވާއެކެވެ. އެލެކްސެންޑްރާ 6 މީހަކު މަރާލާފައިވަނީ ނަމާދުގެ މަތިވެރި އަޅުކަން ކުރަން ތިއްބައެވެ.

އެލެކްސެންޑްރާގެ ފަރާތުން ވަކާލާތު ކުރި ވަކީލް ކޯޓުގައި އޭނާއަށް ކޮށްފައިވާ ޙުކުމް 25 އަހަރަށް ލުއިކޮށްދިނުމަށް އެދިފައިވީނަމަވެސް، އެޤައުމުގެ ކޯޓުން ބުނެފައިވަނީ މިއީ އެޤައުމުގެ ތާރީޚްގައި ލެއިން ލިޔެލެވޭނެ ހިތާމަވެރި ދުވަހެއް ކަމަށާއި މަރުވި މީހުންނަށް އިންސާފު ލިބެން ޖެހޭ ކަމަށެވެ. އަދި މިމީހާގެ މައްޗަށް 150 އަހަރުގެ ޖަލު ޙުކުމެއް އިއްވަމުން އެޤައުމުގެ ކޯޓުން ބުނެފައިވަނީ މިއީ އުމުރު ދުވަހުގެ ޖަލު ޙުކުމެއް ކަމަށެވެ. މިޙުކުމްގެ އަޑުއެހުން 6 ގަޑިއިރަށް ދެމިގެން ގޮސްފައިވާއިރު، މިހާތަނަށް ކެނެޑާގައި އެންމެ ގިނަ ދުވަހަށް ޖަލަށް ލާފައިވަނީ 75 އަހަރުގެ ދުވަހަށްކަން ފާހަގަކޮށްލެއެވެ.

އެލެކްސެންޑްރާގެ މައްޗަށް ކޮށްފައިވަނީ ގަސްދުގައި ހަތިޔާރު ބޭނުންކޮށްގެން 6 މީހަކު މަރާލުމުގެ ދަޢުވާއާއި ޓެރެރިޒަމްގެ ދަޢުވާއެވެ. އެލެކްސެންޑްރާ 2017 ވަނަ އަހަރު ކެނެޑާގެ މިސްކިތަކަށް އަރާ އޯޕަން ފަޔަރއެއް ވަނީކޮށްފައެވެ. މި ހަމަލާގައި ގިނަ ބަޔަކަށް ޒަޚަމްތަކެއް ލިބުނުއިރު، މިހަލާގައި އުމުރުން 40 އަހަރާއި 65 އަހަރާއި ދެމެދުގެ 6 މީހަކުވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު