މަސްތުގެ ޙާލުގައި ހުރެ ޓެކްސީކޮށް، ދިމާވި އެކްސިޑެންޓެއްގައި ޕަސެންޖަރު މަރުވި، މީހާއަށް 4 އަހަރުގެ ޖަލު ޙުކުމެއް ކުރުމުން ގިނަ ބައެއްގެ ފާޑު ކިޔުން އެކަމަށް އަމާޒުވެއްޖެއެވެ.

ގިނަ ބައެއްގެ ފާޑު ކިޔުން މިކަމަށް އަމާޒުވެފައިވަނީ މީގެ ދެ އަހަރު ކުރިން އުމުރުން 41 އަހަރުގެ ޓެކްސީ ޑްރައިވަރަކު މަސްތުގެ ހާލުގައި ހުރެ ޓެކްސީ ކުރުމުގެ ސަބަބުން ޓެކްސީގެ ޚިދުމަތް ލިބިގަތް ފަރާތް، ދިމާވި އެކްސިޑެންޓެއްގައި މަރުވުމުން އޭނާގެ މައްޗަށް ކުރި ޙުކުމް ކުޑަ ވުމުގެ ސަބަބުން ކަމަށެވެ. މިއެކްސިޑެންޓްގައި މަރުވެފައިވަނީ އުމުރުން 30 އަހަރުގެ ކަނާޔޭ ރެފިޢު ކިޔާ މީހެކެވެ.

މިމައްސަލައިގައި ކޯޓުން ބުނެފައިވަނީ މިކަން ހިނގާފައިވަނީ މަސްތުގެ ޙާލުގައި ކަމުން އެކަމަށް ރިޢާޔަތް ކުރަން ޖެހޭ ކަމަށާއި އަދި މިއީ ގަސްދުގައި މީހެއް މަރާލި ކަމަށް ނުބެލެވޭނެ ކަމަށެވެ. ކޯޓުގެ ޙުކުމުގައި އިތުރަށް ބުނެފައިވަނީ މިމީހާގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމަކީ ފަރުވާ ކުޑަކޮށް ދުއްވުމުގެ ކުށުގެ ދަޢުވާއާއި ފަރުވާ ކުޑަ ވުމުގެ ސަބަބުން މީހެއްގެ ފުރާނަ ދިޔަ ކަމުގެ ކުށުގެ ދަޢުވާއެވެ. އަދި މިއާއެކު އޭނާގެ ލައިސެންސް 10 އަހަރު ވަންދެން ހިފެހެއްޓުމަށްވެސް ކޯޓުންވަނީ އަމުރުކޮށްފައެވެ.

ކޯޓުން 4 އަހަރަށް ޖަލަށް ލާން ޙުކުމް ކުރި މީހާ ދުއްވަމުން ދިޔަ ކާރު ދިޔައީ 140 ކިލޯމީޓަރަށްވުރެ ބާރަށެވެ. އަދި އެސްޕީޑްގައި ގޮސް ކާރު ކޮންޓްރޯލް ނުވެގެން އެކްސްޑެންޓެއްވަނީ ވެފައެވެ. މިއެކްސިޑެންޓްގައި މިމީހާއަށްވެސް އަނިޔާތަކެއްވަނީ ލިބިފައެެވެ. ކާރު ގައި އެވަގުތު ތިބީ ދުއްވަން އިން މީހާއާއި މަރުވި މީހާ އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަންޖެ

    ކޮންފޮޓޯއެއްތަ އެއީ؟؟

  2. ހޫގޯ

    ކޮންތާކު؟
    ކިހިނެތް؟
    ކާކު؟