ވެނިޒުއޭލާގައި ކާނާއާއި ފެނަށް ޖެހި، އެގައުމުގެ އެތައް ބަޔަކު ބޭސް ފަރުވާއަށް ޖެހިއްޖެއެވެ.

ވެނުޒުއޭލާއަށް ސިޔާސީ ހަލަބޮލި ކަމެއް އައިސްފައިވާ އިރު، އެގައުމުގެ ވެރިކަމާ ތަޅާ ފޮޅުން އެބައޮތެވެ. އިދިކޮޅު ލީޑަރު ހުއާން ގުއާޑޯ އަމިއްލައަށް ރައީސް ކަމަށް ނިންމާފައިވާ އިރު، އޭނާ ބުނެފައި ވަނީ ގައުމަށް ވަރަށް އަވަހަށް ބޭހާއި ކާނާ ބޭނުންވާ ކަމަށެވެ. މީގެ ކުރިންވެސް ވެނިޒުއޭލާގައި ފެނާއި ކާބޯތަކެއްޗަށް ޖެހިފައި އޮތް އިރު، މިހާރު އެގައުމުގެ ރައީސްގައި ރަސްމީކޮށް ހުރި ވެރިޔާ އެކަން ގަބޫލުކޮށްފައެއް ނުވެއެވެ.

ވެނިޒުއޭލާގައި އަމޮއިބިއޯސިސް ފެތުރިފައިވާ އިރު، އެ ބައްޔަކީ ތަގައްޔަރުވެފައިވާ ކާނާއާއި ފެނުން ޖެހޭ ބައްޔެކެވެ. އެ ބަލީގެ ސަބަބުން މި ހަފްތާ އެކަނިވެސް އެގައުމުގެ ހޮސްޕިޓަލެއްގައި ވަނީ 14 ކުދިން މަރުވެފައެވެ.

ވެނިޒުއޭލާއަށް ސަޕްލައި ފޯރުކޮށްދޭން ޖެހޭ ކަމަށް އދ އިންވެސް ބުނެފައިވާ އިރު، އެގައުމަށް ތަކެތި ފޯރުކޮށްދިނުމުގެ މަގުތައް ވަނީ ބަންދު ކުރެވިފައެވެ. ގައުމު ބަންދުވެފައި އޮތުމުން އެތައް ބަޔަކު ދަނީ ގައުމުން ބޭރަށް ހިޖުރަވެސް ކުރަމުންނެވެ. އެގައުމުގެ ކައިރި ގައުމުތަކަށް ދުވާލަކުވެސް 50،000 އެއްހާ މީހުން ގައުމުން ބޭރުވާން މަސައްކަތް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    ޔާﷲ