އުމުރުން 12 އަހަރުގެ ކުއްޖަކު ރޭޕު ކުރުމަށްފަހު، އަނިޔާވެރި ގޮތަކަށް އެކުއްޖާ މަރާލި ދެ މީހަކަށް ޔަމަނުގައި ވަނީ ވަރަށް ފަހުން މަރުގެ އަދަބު ދީފައެވެ. މަރުގެ އަދަބު ދީފައިވަނީ ވައްދާ ރިއްފަތު ނަމަކަށް ކިޔާ 28 އަހަރުގެ މީހަކަށާއި މުޙައްމަދު ޚާލިދު ނަމަކަށް ކިޔާ 31 އަހަރުގެ މީހަކަށެވެ.

ޔަމަނުގެ ކޯޓަކުން މި މީހުންގެ މައްޗަށް ވަނީ މަރުގެ ޙުކުމް ކޮށްފައެވެ. އިސްލާމީ ޝަރީއަތާ އެއްގޮތަށް، ޤިޞާޞް ހިފަންވަނީ އަމުރުކޮށްފައެވެ.

މި މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޛު ކޮށްފައިވަނީ އެޤައުމުގެ އަދަނުގައެވެ. އެކަމަށްޓަކައި އެސަރަޙައްދުގައި ދިރިއުޅޭ އެތައް ބަޔަކު ވަނީ ހާމައަށް އޮންނަ ބިމަކަށް އެއްކޮށްފައެވެ. ދެ ކުށްވެރިންގެ ބުރަކައްޓަށް ބަޑި ޖަހާ މަރާލީ، އެންމެންގެ ކުރިމަތީގައި ބާއްވައިގެންނެވެ.

މި މީހުންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޛު ކުރި ޚަބަރުވަނީ ބައިނަލްއަޤުވާމީ މީޑީޔާތަކަށް އަރާފައެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރުމާއި އެނޫންވެސް ނަންނަމުގައި މަސައްކަތް ކުރާ ފަރާތްތަކަކީ މަރުގެ އަދަބާ ދެކޮޅަށް އެންމެ ގަދައަށް ވާހަކަ ދައްކާ ފަރާތްތެކެވެ.

އެހެންނަމަވެސް، ހީކުރި ގޮތާ ޚިލާފަށް އެމީހުންގެ މައްޗަށް ޤިޞާޞްގެ ޙުކުމް ތަންފީޛު ކުރުމުން އެތައް ކާފަރުންނެއް ވަނީ އެކަމަށް ތައުރީފު ކޮށްފައެވެ. އެފަރާތްތަކުން ބުނާ ގޮތުގައި މިފަދަ ކަންކަން ކުރުމުން ލިބެން ޖެހޭ ހައްގު އަދަބަކީ އެއީއެވެ.

މިކަމާ ގުޅިގެން ޚިޔާލު ފާޅުކޮށްފައިވާ އިނގިރޭސި ރައްޔިތަކު ބުނެފައިވަނީ މި އަދަބު ލިބެން ޖެހޭކަމަށް ޤަބޫލު ކުރެވެން ފަށާފައިވާކަމުގައެވެ. އަދި އޭނާގެ ޤައުމުގައިވެސް މިކަން ކުރަން ޖެހޭކަމަށް ވިސްނެމުންދާކަމަށް ބުނެފައިވެއެވެ.

އެހެން ޣައިރު މުސްލިމަކު ބުނެފައިވަނީ މިއީ މުޅި ދުނިޔޭގައިވެސް ޢަމަލު ކުރަން ޖެހޭ ޤާނޫނަކަށް ހަދަންވެއްޖެކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. حسين سامى

    الله أكبر

    11
  2. އަޙުމަދު ޙަމީދު

    الحمد لله

    12
  3. އަލިބެ

    ވަރަށްފައްކާ. ދީނުގައި އޮތްގޮތަށް ކަންކަން ނިންމާލީމާ ހުންނާނީ ރަނގަޅަށް. އެއަށް ފާޑެއް ނުކިޔޭނެ.

    22
  4. އިބްރާހީމް

    الحمد لله الله أكبر

    12
  5. މޮހޮނު

    ހައްދުފަހަނެޅި މީހުން ހާދަ އުފަލެއް ވެއްޖެޔޭ

    3
    16
    • ކޯބްރާ

      ލާދީނީ އެއްޗިއްސައް ހަޖަމެއް ނުކުރެވޭނެ

      19
      1
    • މި ހޯނު

      ހައްދަކީ ކޮބައިބާ؟ ހައްދު ކަނޑައެޅިފަރާތުގެ ހައްދަށް ގޮންޖަހަން ކަލޭތީ ކާކު؟؟؟

  6. ހުސޭނުބޭ

    ހުރިހައި ކާފަރުން ތަޢުރީފްކުރިއިރުވެސް އާނިޔާ، އިބުރާ، ޝަހިންދާ، އަންނި ތާޢީދެއް ނުކުރެޔޯ!

    16
    3
  7. މަހޭޝް

    ރާއްޖޭގައި މިހާރު އޮތް ސަރުކާރަކަށް ނުކެރޭނެ އެހެން ހަދާކަށް .