ވިހަގަދަ ބަނގުރަލެއް ބޮއެގެން އިންޑިޔާގެ އިންޑިއާގެ އެކި ހިސާބުތަކުން 74 މީހުން މަރުވެއްޖެއެވެ.

ގަވާއިދާއި ހިލާފަށް ހަދައިގެން ވިއްކާ ބަނގުރާ ބޮއެގެން އެތަށް ބަޔަކު މަރުވެފައިވާއިރު ރިޕޯޓްތަށް ބުނާގޮތުގައި މި މީހުން މަރެވެފައި ވަނީ ބަގުރަލުގައި ހުރި މެތަނޯލް ވިހަވެގެންނެވެ.

މި ހާދިސާ ފުލުހުން ތަހުގީގުގެ މަސައްކަތް ފަށާފައިވާ އިރު ކަމާ ގުޅުން ހުރި 35 މީހުން މިހާތަނަށް ހައްޔަރުކޮށްފައި ވެއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ގަވާއިދާއި ހިލާފަށް ބަނގުރާ ވިއްކި ދިހަ މީހަކުވެސް ހިމެނެއެވެ.

މަރުވެފައި ވަނީ ވިހަވެފައިވާ ބަނގުރާ ބޮއެގެންތޯ ޔަގީންކުރުމަށްޓަކައި އިއްޔެ މަރުވި އިތުރު ބައެއް މީހުންގެ ޓެސްޓްތައް ހަދާފައިވާއިރު މަރުވި މީހުން ބުއި ބަނގުރަލުގައި ވިހަވާވަރަށް މެތަނޯލް ހުރިކަމަށާއި، މަރުވި މީހުންގެ ހަށިތަކުން ސާމްޕަލް ނަގައިގެން ހެދި ޓެސްޓުތަކުން ހާމަވާ ކަމަށް މިހާދިސާ ތަހުގީގު ކުރާ ފުލުހުން ބައެއް ނޫސްތަކަށް ވަނީ މައުލޫމާތު ދީފައެވެ.

ވިހަގަދަ ބަނގުރާ ބޮއެގެން މީހުން މަރުވެފައިވަނީ އިންޑިއާގެ ހަރިދްވާރު ޑިސްޓްރިކްޓްގެ ބާލްޕޫރާއި ސަހާރަންޕޫރު ޑިސްޓްރިކްޓުނެވެ. އެގޮތުން ބާލްޕޫރުން އެކަނިވެސް 46 މީހުން ވަނީ މަރުވެފައިވެފައެވެ. އަދި 40 އަށްވުރެ ގިނަ މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. މި މީހުންގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތަށް ބުނެއެވެ.

މިފަދަ ވިހަގަދަ އަދި ގާނޫނާއި ގަވާއިދުގެ ބޭރުން އުފައްދާ ބަނގުރާ ބޮއެގެން އިންޑިޔާގައި އަހަރަކު އެތަށް ހާސް މީހުން މަރުވާއިރު 2015 ފަހަރު މުމްބާއީގައި މިފަދަ ބަނގުރާ ބޮއެގެން 100 މީހުން މަރުވެފައެވެ. އަދި 1992 ވަނަ އަހަރު އުތުރު އިންޑިޔާގެ އޮޑީޝާ ސްޓޭޓުގައި 250 މީހުން މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަފްލާ

    ﷲ ޢަކްބަރު ބަނގުރާ ހަދަން ގާނޫނެއް އޮވޭތަ

  2. ގެރިމޯދު

    ބޮއެ ބޮއެ ބޮއެ ؟ ގިނައިންބޮއެ! ބޮއެގެން އަންހެން ކުދިންރޭޕްކުރުމާއި، ގެރިއަށް އަޅުކަންކުރުން އިރުކުރާތި... މޯޑީ މަނިކްފާނު ވަރަށް އުފާ ވާނެ...