ސައުދީ އަރަބިޔާގެ މުޤައްދަސްވެގެންވާ މަދީނާގައި، އުމުރުން ހަ އަހަރުގެ ކުއްޖެއްގެ ކަރު ބުރިކޮށްލައިފިއެވެ. ނޫސްތަކުން ބުނާ ގޮތުގައި މި ކުއްޖާގެ ކަރު ބުރިކޮށްލާފައިވަނީ ބިއްލޫރިކޮޅެއް ބޭނުންކޮށްގެންނެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި ޒަކަރިއްޔާ އަލް ޖާބިރު ނަމަކަށް ކިޔާ މި ކުއްޖާ މަރާލާފައިވަނީ، އެއީ ޝީއީ އާއިލާއެއްގެ ކުއްޖަކަށްވާތީއެވެ. މި އަމަލު ހިންގާފައިވަނީ އެކުއްޖާ އެރި ޓެކްސީ އެއް ދުއްވަން އިން ޑްރައިވަރުކަމަށްވެސް ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވެއެވެ.

ސައުދީގެ ބައެއް މީޑިޔާތަކުން ބުނާގޮތުގައި މި ކުއްޖާ ޓެކްސީ އަށް އެރީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިޙި ވަސައްލަމުގެ މަޤުބަރާ ބަލާލަން ދިއުމަށެވެ. މަޤުބަރާއަށް ދިޔަ މަގުމަތީގައި، ޑްރައިވަރު ވަނީ މަދީނާގެ އަލް ތިލާލު އަވަށަށް ޓެކްސީ މަޑުކޮށްފައެވެ. އަދި ޓެކްސީން ފައިބައިފައި، ޑްރައިވަރު ވަނީ ގަދަކަމުން އެކުއްޖާ ބާލުވާފައެވެ.

މަރާލި ހަ އަހަރުގެ ކުއްޖާ--

އެއަށްފަހު، އެސަރަޙައްދުގައި ހުރި ކެފޭއެއްގެ ތެރެއިން ބިއްލޫރި ފުޅިއެއް ނަގާ، އެތަޅާލުމަށްފަހު ބިއްލޫރި ކޮޅެއް ބޭނުންކޮށްގެން ވަނީ ކުއްޖާގެ ކަރު ބުރިކޮށްލާފައެވެ. ޒަކަރިއްޔާގެ ފަހަތުން ކަރުގައި ބިއްލޫރި އަޅުވާފައިވަނީ އޭނާގެ މަންމަގެވެސް ކުރިމަތީގައެވެ.

އެކަން ނުކުރުމަށް އެދި މަންމަ ދިޔައީ ހަޅޭލަވަމުންނެވެ.

މީޑިޔާތަކުން އިތުރަށް ބުނި ގޮތުގައި ފުލުހުންނަށް އެންގުމުން، އެސަރަޙައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ މީހަކު އައިސްވަނީ ޓެކްސީ ޑްރައިވަރު ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް، ކުއްޖާ ސަލާމަތް ކުރެވިފައި ނުވެއެވެ.

އެނގިފައިވާ ގޮތުގައި މި ޓެކްސީ ޑްރައިވަރަކީ ނަފްސާނީ މައްސަލަތަކެއްވެސް ހުންނަ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. Anonymous

  ހައްތާހާވެސްނަފްސާނީމަށްސަލަ

 2. ކާފަބޭ

  ތިޔައީ މިރާއްޖޭގަވެސްކަންހިނގާގޮތް ކަންތައްކުރާނީ ބަލިކުދިން އެކްސިޑެންޓްވާނީވެސްއެކަހަލަކުދިން

 3. މަން

  ސޭޑް

 4. މުހައްމަދު

  އެކުއްޖާގެ މަންމަ އަކީ ޝީޢީ ނޫންތަ؟

 5. ލޮޖިކް

  ސައުދީ އަރަބިއްޔާ އަށް ނުދިޔުންއެމްމެ ބުއްދިވެރި ގޮތަކީ.

 6. ލޮލް

  ސުލްހަވެރިކަން ދޯ

 7. ކަނޑުކޮސް

  އެހެންވެޔޭ މަބުނަނީ ތީ ޖާހިލު ހައްދުފަހަނެޅި ޓެރަރިސްޓުންނޭ

  1
  2