އަވަށްޓެރި އިންޑިޔާގެ ދެ ސަރަޙައްދެއްގައި ކުރިމަތިވެފައިވާ ވިހަ ބަނގުރާ ބުއިމުގެ ޙާދިސާގައި މަރުވި މީހުންގެ އަދަދު 97 އަށް އަރައިފިއެވެ.

"ހިންދުސްތާން ޓައިމްސް" އިން ބުނާ ގޮތުގައި މި މައްސަލަތަކާ ގުޅިގެން މިހާތަނަށް ވަނީ 200 މީހުން ހައްޔަރުކޮށްފައެވެ.

ވިހަ ބަނގުރާ ބޮއެގެން މީހުން މަރުވުމުހގެ ޙާދިސާތައް ކުރިމަތިވެފައިވަނީ އިންޑިޔާގެ އުއްތަރަ ޕްރަދޭޝް ސްޓޭޓުގަޔާއި އުއްތަރަޚަންދު ސްޓޭޓުގައެވެ. އުއްތަރަ ޕްރަދޭޝް އިން 64 މީހުން މަރުވެގެން ރިޕޯޓު ކޮށްފައިވާއިރު އުއްތަރަޚަންދުން 54 މީހުން މަރުވެގެބް ރިޕޯޓުކޮށްފައިވެއެވެ.

އެނޫހުން އިތުރަށް ބުނެފައިވާ ގޮތުގައި މިކަމާ ގުޅިގެން ވަނީ 46 މީހެއްގެ ޕޯސްޓް މޯޓަމް ހަދާފައެވެ. ހެދި ޕޯސްޓް މޯޓަމްތަކުގެ ތެރެއިން 36 ކޭސް އަކީ ސީދާ ވިހަ ބަނގުރާގެ ކޭސްކަން، ޝައްކެއް ނެތް މިންވަރަށް އެނގިފައިވާކަމަށް ފުލުހުންނާ ހަވާލާދީ އިންޑިޔާ ޓައިމްސް އިން ބުނެފައިވެއެވެ.

މީގެއިތުރުންވެސް، ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި ގިނަ އަދަދެއްގެ ބަޔަކު، ވިހަވެފައި ހުރި ބަނގުރާތަކެއް ބޭނުންކޮށްފައިވަނީ ޖަނާޒާއެއްގައެވެ. އުއްތަރަ ޕްރަދޭޝްގައި މަރުވި މީހުން، ބަނގުރާތައް ބުއީ އުއްތަރަޚަންދަށް ގޮސްކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

މިހާތަނަށް އުއްތަރަ ޕްރަދޭޝް އިން 9269 ލީޓަރުގެ ވިހަ ބަނގުރާ އަތުލައިގަނެފައިވާއިރު، އުއްތަރަޚަންދުން 1066 ލީޓަރުގެ ވިހަ ބަނގުރާ ވަނީ އަތުލައިގަނެފައެވެ.

މީގެކުރިންވެސް މިފަދަ މައްސަލަތައް އިންޑިޔާއިން ފެންމަތިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޞޭސް

  މި ބޭސް ރާއްޖެ ގެންނަން ވީ!!

 2. ސަޓޯ

  ހައްހައްހައްހާ ވަރަށް ރަގަޅު.. އުފާވެރި ހަބަރެއް މިއީ

 3. ކުސުމް

  ރާއްޖެއަށް ފޮނުވަބަލަ އެތިކޮޅެއް. ހޭކެނޑިގެން އުލޭ ކުދިންނަށް ދޭން. މިގައުމުގައި އެކުދިންނާ މެދު އަޅާނެ ފިޔަވަޅެއް ނެތީމަ އެކުދިން ޖެހޭނީ މިކަހަލަ އެއްޗެއް ބޮވިގެން މަރުވާން. އެނޫން ގޮތަކުން ސަލާމަތް ނެތް ތިބައިގަނޑުން.

 4. ދަލޭކާ ދިޔެ

  ހުންނާނީ ރާބޮވިފައެއްނުނ..