އިސްރާއީލުން މިދިޔަ ހުކުރު ދުވަހު ޝަހީދު ކޮށްލި ފަލަސްތީނުގެ ދެ ކުދިންގެ ޖަނާޒާ ބާއްވައިފިއެވެ.

އިއްޔެ ބޭއްވި މި ޖަނާޒާގައި އެތަށް ސަތޭކަ ބަޔަކު ބައިވެރިވިއިރު އިސްރާއީލުން ޣައްޒާގައި މިހާރު ކުރަމުންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން މިދިޔަ ހުކުރު ދުވަހު ރަޒަންގެ ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލާފައިވަނީ އުމުރުން 18 އަހަރާއި 14 އަހަރުގެ ދެ ކުއްޖެކެވެ.

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުވެ ބިންތަކުގައި ގަދަކަމުން ވަޒަންވެރިކުރުވާފައިވާ ޔަހޫދީން ފަލަސްތީނު މީހުންނަށް ހަމަލާ ދިނުން ގިނަވެގެން އިސްރާއީލްގެ އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްތީންގެ ބައެއް މީހުން ތެދުވުމުން އިސްރާއީލުން މިއަދު ވަނީ ފަލަސްތީނުގެ ވެރިރަށް ރާމަﷲގައި އޮޕަރޭޝަނެއްވެސް ފަށާފައެވެ.

މިދިޔަ އަހަރު މާޗް މަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 245 އަށް އަރާފައިވާއިރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޒަހަމްވި މީހުންގެ އަދަދު 22000 ވުރެ މައްޗަށް އަރައެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްފައިވާއިރު 1948 ވަނަ އަހަރު އުފެދިގެން އައި އިސްރާއީލް ދައުލަތް ފެށުމާއެކު، މުސްލިމުންގެ ތިންވަނަ މުޤަސްދަސް ބިން ކަމުގައިވާ ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ލޭ، ކޮންމެ ދުވަހަކު ދަނީ އޮހޮރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަނޑުކޮސް

    ޝަހީދު ވީމަވެސް ރޯން ޖެހޭތަ؟

  2. ކަލޯ

    ޔަޤީންތާ ޝަހީދުންކަން ނަމަވެސް ރޮވޭނެ..ވަކިވެ ދިއުމުގެ ވޭން ހުންނާނެ.