ޔަމަންގެ ވެރިރަށް ސަންއާގެ އެއާޕޯޓް ބަންދުކޮށްފައި އޮތުމުން އިތުރު ފަރުވާ އަށް ބޭރަށް ނުގެންދެއްވި ދާހިލީ ހަގުރާމައެއްގައި އޮތް ޔަމަނަށް އުފަން ހަށިގަނޑުން ގުޅިފައިވާ އެއް މާބަނޑު ދެކުދިން މަރުވެއްޖެއެވެ.

ޔަމަނުގައި ހަރަކާތްތެރިވަމުންދާ ހޫތީ ހަނގުރާމަވެރިން ކޮންޓްރޯލް ކުރަމުންދާ ޔަމަންގެ ހެލްތް މިނިސްޓްރީން މިކަން ކަށަވަރު ކޮށްދީފައިވެއެވެ. އުމުރުން އެންމެ ދެ ހަފްތާގެ އަބްދުﷲ ހާލިގް އަދި އަބްދުﷲ ރަހީމް މަރުވުމާއި ހަމައަށް ފަރުވާދެމުން ދިޔައީ ވެރިރަށް ސަންއާގެ ހޮސްޕިޓަލެއްގައިއެވެ.

ހަތަރު އަހަރުވެފައިވާ ހަގުރާމާގައި ހޮސްޕިޓަލް ހަލާކުވެފައި ހުރުމާއި އިތުރު ފަރުވާދޭނެ ވަސީލަތް ނެތުމުން ދެ ކުދިން ގައުމުން ބޭރަށް ގެންދަން މަޖުބޫރުވި ނަމަވެސް ސަންއާގެ އެއާޕޯޓް ބަންދުކޮށްފައި އޮތުމުން އެކަން ވަނީ ނުވެފައެވެ. ސަންއާ އެއާޕޯޓް ހުޅުވާލުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

މި ހާދިސާ ހިންގާފައިވާއިރު މިދިޔަ އަހަރު ފަހުކޮޅު މުސްލިމު މެޖޯރިޓީ އޮންނަ ގައުމުތަކުން އެމެރިކާ އަށް އެރުން މަނާކޮށް އެމެރިކާގެ ރައީސް ޓްރަމްޕް ނެރުއްވި ރިޔާސީ ގަރާރު ސަބަބުން މަރާއި ހަގުރާމަ ކުރަމުން ދިޔަ ޔަމަންގެ ކުއްޖަކު މަންމަ އާއި ބައްދަލު ނުކުރެވި ވަނީ މަރުވެފައެވެ.

ޔަމަން ސަރުކާރާ ދެކޮޅަށް 2015 ވަނަ ހޫތީ ހަނގުރާމަވެރިން ފެށި ހަނގުރާމައިގައި ޔަމަންގެ ހުޅަނގުގެ ބޮޑު ސަރަހައްދަކަށް ވެރިވެ އެންމެ ފަހުން ވެރިރަށް ސަންއާ ވެސް ވަނީ ހިފައިފައެވެ.

ޔަމަނުގެ ދިގުދެނިގެންދާ ދާހިލީ ހަނގުރާމައިގައި މިހާތަނަށް 20000 އަށް ވުރެ ގިނަ މީހުން މަރުވެ 100000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.