ބާރުގަދަ ތޫފާނަކާއި ގުޅިގެން އެމެރިކާގެ ޖަޒީރާއެއް ކަމަށްވާ ހަވާއީއަށް 60 ފޫޓުގެ ބިޔަ ރާޅު އަރާނެ ކަމުގެ އިޒާރު ދީފިއެވެ.

މި ތޫފާން މި ހަފްތާތެރޭގައި ހަވާއީއަށް އަރާނެ ކަމުގެ އިންޒާރު ދީފައިވާއިރު ތޫފާނުގައި ބާރަށް ވައިޖެހި ގަދައަށް ސްނޯވެސް ފައިބާނެ ކަމަށް ހަވާއީގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ އިންޒާރު ދީފައެވެ.

ތޫފާނުގައި ބިޔަ ރާޅު އުފެދޭނެތީ އައްސޭރިފަށުގައި ދިރިއުޅެމުންދާ އެތަށް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

އެމެރިކާގެ ބާރު ހިންގާ އީސްޓް އައިލެންޑް ހިމެނޭ ޕެސިފިކް ކަނޑުގެ މެދުގައިވާ ކުދި ޖަޒީރާ ރަށްތަކެއްކަމަށްވާ ހަވާއީގައި 1.4 މިލިއަން މީހުން ދިރިއުޅެއެވެ. އެވްރެޖްކޮށް ކޮންމެ އަހަރަކުވެސް އެސްޓޭޓަށް ތޫފާނެއް އަރައެވެ.

ހަވާއީ ހިމެނޭ ޕެސިފިކް ކަނޑު ސަރަހައްދަކީ ކޮންމެ އަހަރެއްގެ ނިމޭ ހިސާބުގައި ބާރުގަދަ ތޫފާން އުފެދޭ ސަރަހައްދެކެވެ. ތޫފާން ލެސްލީގައި ސަބަބުން ބޮޑެތި ރާޅުތަކެއް ވަނީ ބަހާމާސް އަދި ބާމިއުޑާ ހިމެނޭ ޖަޒީރާ ރަތްތަށް ކައިރީ އުފެދިފައެވެ.

މި ދިޔަ އަހަރު މެދުތެރޭގައިވެސް އެޓްލާންޓިކް ކަނޑުގައި އުފެދުނު އާދަޔާއި ހިލާފް ކޮޅިގަނޑެއް ތޫފާނަކަށް ބަދަލުވެ ހަވާއީގެ އިރުމަތީ ސަރަޙައްދުތަކަށް ވަނީ އަރާފައެވެ.

"ފްލޮރެންސް" ގެ ނަމުން ނަންދީފައިވާ އެ ތޫފާނަކީ މިދިޔަ އަހަރު އެޓްލާންޓިކް ކަނޑުގައި އުފެދުނު އެންމެ ބާރުގަދަ ތޫފާން އެވެ.