އެމެރިކާގެ ސެނެޓުގެ މަސަޗުސެޓްސްގެ މެމްބަރު އަދި ޕްރޮގްރެސިވް ގޮފީގެ ލީޑަރު އެލިޒަބަތް ވޮރެން އެމެރިކާގައި 2020 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ވާދަކުރެއްވުމަށް ޑެމޮކްރެޓިކް ޕާޓީގެ ޓިކެޓަށް ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރައްވައިފިއެވެ.

ވޮރެން މިކަން އިއުލާނުކުރައްވާފައި ވަނީ ރޭވިގެން ހިންގޭ މަސައްކަތެރިންގެ ހަރަކާތް ފެށުނު، ބޮސްޓަންގެ އުތުރުގެ ތާރީޚީ ސަރައްހައްދު ކަމަށްވާ ލޯރެންސްގައި ހޮނިހިރު ދުވަހުއެވެ.

ވޮރެންގެ އިތުރުން ސެނެޓަރު ކަމާލާ ހެރިސް ވެސް މީގެ ކުރިން ވަނީ 2020 ވަނަ އަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބުގެ ޑިމޮކްރަޓިކް ޕާޓީގެ ޓިކެޓަށް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައެވެ.

ިވޮރެންއަކީ 2020ގެ ރިޔާސީ ރޭހަށް ވެދެވަޑައިގަންނަވާނެ ކަމަށް މިހާތަނަށް އިއުލާނުކުރައްވާފައިވާ އެންމެ ގިނަ ބަޔަކު ދަންނަ ފަރާތެވެ. ސެނޭޓަށް ހޮވިވަޑައިގަތީއްސުރެ، އެކަމަނާ ވަކާލާތުކުރައްވަމުން ގެންދަވާ، މުއްސަނދިންގެ އަތުން ނަގާ ޓެކްސް އިތުރުކުމުގެ މައްސަލައި ޑެމޮކްރޭޓުންނަށް ވަނީ ކުރިއެރުންތަކެއް ހޯދިފައެވެ.

ކިޔުންތެރިންގެ ހިޔާލު