އިންޑިއާ ސިފައިން ބަޤާވާތެއް ނުކުރާނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިހެން ވިދާޅުވީ 2012 ވަނަ އަހަރު އިންޑިއާ ސިފައިން ބަޣާވާތެއް ކުރަން ރޭވި ކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީގެ އިސް ލީޑަރަކު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މޯދީ ވިދާޅުވީ އިދިކޮޅު ކޮންގްރެސް އިން ބޭނުން ވަނީ ސިފައިންގެ އަގު ވައްޓާލަން ކަމަށާއި އިންޑިއާގެ ސިފައިން އެފަދަ އަމަލެއް ނުކުރާނެ ކަމީ ކޮންމެ އިންޑިއާ ރައްޔިތަކު ދަންނަ ކަމެއް ކަމަށެވެ.

ބަޣާވާތެއްގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަމުން ދާއިރު ދާދި ފަހުން ވަނީ ބޮޑު ވަޒީރު މޯދީ މަގާމުން ދުރު ކުރަން ގޮވާލާ އިންޑިއާގައި ބޮޑު މުޒާހަރާއެއް ބާއްވާފައެވެ.

މި މުޒާހަރާގައި އިންޑިއާގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ކޮންގްރެސްގެ ކުރީގެ ލީޑަރު ސޯނިއާ ގާންދީ ވަނީ މުޒާގަރާގައި ބައިވެރިވެފައެވެ.

2014 ވަނަ އަހަރު ބޮޑު ތަފާތަކުން ވެރިކަމަށް އައި މޯދީ މުޒާހަރާތަކަށް ރައްދުދެއްވާ ފާޑު ވިދާޅުވަމުން ވިދާޅުވީ މިއީ އިދިކޮޅު ޕާޓީތަކުން އަމިއްލަ ޒާތީ މަސްލަހަތު އިސްކޮށްގެން ބޭއްވި ޒިންމާދާރުކަން ކުޑަ މުޒާހަރާއެއް ކަމަށެވެ.

މީގެ އިތުރުން މިދިޔަ އަހަރު ޑިސެމްބަރު މަހު ތިން ސްޓޭޓެއްގައި ބޭއްވި މަޖިލިސް އިންތިހާބުން މޯދީގެ ޕާޓީ ބީޖޭޕީ އަށް ވަނީ ނާކާމިޔާބުވެފައެވެ.

ބީޖޭޕީއިން 2014 ވަނަ އަހަރު އިންޑިއާގެ ވެރިކަމަށް އައުމަށް ފަހު އެގައުމުގައުވަނީ މުސްލިމުނާއި ދެކޮޅަށް އުފެދޭ ނަފުރަތު ވަނީ ހައިރާން ކުރަނިވި ވަރަކަށް މަތިވެފައެވެ. ކަންމިހެން ހުރުމުގެ ސަބަބުން އެގައުމުގައި ވަނީ ދީނީ އަދި އެހެހެނިހެން ގޮތްގޮތުން ތަފާތު ކުރުމުގެ ރޫހެއް އުފެދިފައިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޯދީ

    ކުރާނެ. ކަލޭމެން މި ރާއްޖޭ ރިސޯޓުތަކުގެ ސުޕަވައިޒަރ މަޤާމުގަ ތިބެގެންވެސް ރިސޯޓު އޯނަރު ނުކުރާހާ ޖެއްސުންކޮށް އެހާ ބަލާ ބޮޑު ބައެއް