ބްރެޒިލްގައި ހެލިކޮޕްޓަރެއް ވެއްޓި މަޝްހޫރު ޓީވީ ޕްރެޒެންޓަރެއް މަރުވެއްޖެއެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި އެތަށް އެވޯޑްތަކެއް ހޯދައިފައިވާ އެގައުމުގެ ޓީވީ ޕެޒެންޓަރެއް ކަމަށް ރިޗާޑް ނޮއިޗެޓް މަރުވީ އޭނާ ގޮވައިގެން ދަތުރު ކުރި ހެލިކޮޕުޓަރު ސައުޕޯލޯގެ ހައިވޭއެއްގެ މައްޗަަށް ވެއްޓިގެންނެވެ.

ހަ ކުދިންގެ ބައްޕައެއް ކަމަށްވާ އުމުރުން 66 އަހަރުގެ ރިޗާޓް މި ހާދިސާގައި މަރުވިއިރު ހެލިކޮޕުޓަރު ދުއްވަން އިން ޕައިލެޓް ވެސް މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓްތަށް ބުނެއެވެ.

ބްރެޒިލްގައި ދޭތެރެ ދޭތެރެއިން ހެލިކޮޕުޓަރު ވެއްޓުމުގެ ހާދިސާ ތަށް ހިގަމުން އަންނަ އިރު މި ހާދިސާ ހިންގުމާއި އެކު ހައިވޭ ވަނީ ބަންދުކޮއްފައެވެ. ހެލިކޮޕްޓަރު ވެއްޓެން މެދުވެރި ސަބަބެއް އަދި ސާފެއް ނުވެއެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ހެލިކޮޕްޓަރު ވެއްޓެން މެދުވެރި ސަބަބު ހޯދުމަށް ދަނީ ތަޙްްޤީޤު ކުރަމުންނެވެ.

ހެލިކޮޕްޓަރު ވެއްޓުމުން ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ މީހުންނަށް ވެސް އެސަރަހައްދަށް ދިއުމަށް ދަތިތަކާއި ދިމާވިއެވެ.

2016 ވަނަ އަހަރު ބްރެޒިލްގެ ވައިގެ ސިފައިންގެ ހެލިކޮޕްޓަރެއް ވެއްޓި 12 ސިފައިން ވަނީ މަރުވެފައެވެ. މި ހާދިސާގައި 12 މީހަކު މަރުވިއިރު 2 މީހަކު ވަނީ ސަލާމަތްވެފައެވެ.