އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ހޮޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މިހާތަނަށް 17 މީހުން މަރުވެއްޖެއެވެ.

ރިޕޯޓްތަަށް ބުނާގޮތުގައި ނިއު ދިއްލީގައި ހުންނަ އަރުޕީތު ޕެލެސް ހޮޓަލުގައި އަލިފާން ރޯވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާއިރު މި ހާދިސާގައި އަސަރުކުރި 38 މީހަކު ސަލާމަތްކުރެވިފައިވާ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން މަރުވި 17 މީހުންގެ ތެރެއިން އަންހެން މިހާކާއި ކުޑަ ކުއްޖާ މަރުވެފައިވަނީ، ސަލާމަތްވުމަށް ކުޑަދޮރަކުން ފުންމާލުމުންނެވެ.

"މި ހާދިސާގައި 17 މީހުން ވަނީ މަރުވެފައި، އޭގެ ތެރޭގައި އަންހެނަކާއި ކުޑަކުއްޖަކު ވެސް ހިމެނޭ،" ދިއްލީ ފަޔާ ސާވިސްގެ ވެރިޔާ ޖީސީ މިސްރާ ވިދާޅުވި އެވެ.

އޮފިޝަލުންނާ ހަވާލާދީ އިންޑިޔާގެ ބައެއް އޮންލައިން ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އަލިފާންގެ ހާދިސާ ހިނގާފައިވަނީ އިންޑިއާ ގަޑިން މިއަދު ހެނދުނު 10:30 ހާއިރު އެވެ. ސަލާމަތީ ފަރާތްތަކަށް އެކަން ރިޕޯޓް ކުރުމުން އަލިފާންގަނޑު ނިއްވާލުމުގައި އެކަމާއި ގުޅުންހުރި 34 ވެހިކަލެއް ބޭނުންކުރި އެވެ.

އިންޑިއާގެ ކަމާއި ބެހޭ ފަރާތަކުން ދަނީ މި އަލިފާނުގެ ހާދިސާ ހިންގަން މެދުވެރިވި ސަބަބުން ދެނެގަތުމަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕޭރެންޓް

    އިއްޔެ ހަވީރު ސްކޫލް ކުދިން ނިމުނު ގަޑީގައި ޖޭއެސް ކާރީ އޮތް ވެހިކަލަކުން އެއެރީ ކޮން ބޯ ދުންގަނޑެއްތޯ 🤮🤮🤮

  2. މީ

    ސުބުހާނަﷲ