އިސްރާއީލުން ނުވަތަ އެމެރިކާއިން އީރާނަށް ހަމަލާދީފިނަމަ އިސްލާއީލުގެ ވެރިރަށް ތެލް އަވީވް ބިމާ ހަމަކޮށްލާނެ ކަމުގެ އިންޒާރު އެގައުމުގެ ރިވޮލިއުޝަރީ ގާޑްސްގެ އިސް ކޮމާންޑަރަކު އިއްޔެ ދެއްވައިފިއެވެ.

އިސްލާމީ އިންގިލާބަށް 40 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި އެއްވުމެއްގައި ވާހަކަފުޅުދައްކަވަމުން އިރާންގެ ރިވޮލިއުޝަނަރީ ގާޑްސްގެ ޑެޕިއުޓީ ކޮމާންޑަރ ފޯ ޕްލިޓިކަލް އެފައާސް ޔަދުﷲ ޖަވާނީ ވިދާޅުވީ އަސްކަރީ ގޮތުން ކިތަންމެ ބާރު ހުއްޓަސް އިސްރާއީލަށް އިރާނަށް ހަމަލާ ދޭން ނުކެރޭނެ ކަމަށެވެ.

"އެހެންނަމަވެސް، އެމީހުން އަހަރުމެންނަށް ހަމަލާދީފިނަމަ، އަހަރުމެން ޓެލްއަވީވާއި، ހައިފާ ބިމާ ހަމަކޮށްލާނަން" އޭނާ ވިދާޅުވިއެވެ.

އީރާނާ އިސްރާއީލާ ދެމެދު ބަހުގެ ހަމަލާތައް ހޫނުވެފައި ވާއިރު އީރާނުގެ މި އިންޒާރަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަރުކަށި ރައްދެއް ދީފައެވެ. އީރާނުން އިސްރާއީލަށް ހަމަލާ ދީފިނަމަ އެއީ އެމީހުން އިންގިލާބުގެ އަހަރީ ދުވަސް ފާހަގުކުރާ ފަހު ދުވަސް ކަމުގައި ވެގެންދާނެ ކަމަށް ނަތަންޔާހޫ ބުނެފައި ވެއެވެ.

ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރި ފަހުން އީރާނާއި އިސްރާއީލުގެ އެކުވެރި އެމެރިކާއާ ދެމެދު ދަނީ ހަނގުރާމައިގެ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ. އިސްރާއީލުން ގެންދަނީ އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ބުނެ އެޤައުމަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.

ޓްރަމްޕް ތަކުރާރުކޮށް ބުނަމުން ދަނީ އީރާނާއެކު ވެފައިވާ ނިއުކިލިއާ އެއްބަސްވުމަކީ އޭނާ މިހާތަނަށް ދެކެވަޑައިގެންނެވީ "އެންމެ ގޯސް އެއްބަސްވުން" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަތަފަންޖާނީ

    ސޮއްދާމު ހުސޭނުވެސް ތިޔަގޮތަށް ފޮނިކެނޑި. އެކަމަކު ކަމަކާޖެހުނީމަ ފިލަންވަދެއޮތީ ކުނިއަޅާ ވަޅުގަނޑެއްގައި. އިސްރާއީލުން އެދަނީ އީރާންގެ ތަންތަނަށް ހަމަލާދެމުން. އެކަމަކު އަގައިން ނޫނީ ތި އީރާނުންއަދި އިސްރާއީލަކަށް ރައްދެއްނުދޭ.

    1
    7
  2. Rosy

    އީރާނުގެ ބޮޑު މުއްލާއިންނާ އިޒްރޭލުގެ ބޮޑުންނާ ފްރެންޑުވާނެ ދޯ

    2
    4