އެމެރިކާގެ ފަރާތުން އިންޑިޔާ އަށް ގިނަ އަދަދެއްގެ ޒަމާނީ ހެލިކޮޕްޓަރުތަކެއް ލިބިއްޖެއެވެ. އަސްކަރީ އެކި ބޭނުންތަކަށް ބޭނުން ކުރެވޭ 15 ހެލިކޮޕްޓަރު، އެމެރިކާ އިން ވަނީ އިންޑިޔާއަށް ހަދިޔާ ކޮށްފައެވެ.

އިންޑިޔާގެ ނޫސްތަކުން ބުނާ ގޮތުގައި އެމެރިކާ އިން 15 ހެލިކޮޕްޓަރު އިންޑިޔާ އަށް ހަދިޔާކޮށްފައިވީނަމަވެސް، އަދި އިންޑިޔާއަށް ގެންގޮސްފައިވަނީ ހަތަރު ހެލިކޮޕްޓަރެވެ.

އެޤައުމުގެ ނޫސްތަކުން އިތުރަށް ބުނާގޮތުގައި އެމެރިކާ އިން ދީފައިވަނީ މުޅިން އައު ހެލިކޮޕްޓަރުތަކެކެވެ. އަދި އެއީ ސީއެޗް47އެފް – ޗިނޫކްސް މަރުކާގެ ހެލިކޮޕްޓަރުތަކެއްކަމަށްވެސް ބުނެފައިވެއެވެ.

އިންޑިޔާގެ ގުޖުރާތުގައި އޮންނަ މުންޑްރާ ބަނދަރަށް މި ހެލިކޮޕްޓަރުތައް ބާލާފައިވާއިރު، މި ހެލިކޮޕްޓަރުތައް އެޤައުމުގެ ޗަންދިގަރަށް ގެންގޮސް، މި އަހަރުގެ ފަހުކޮޅު، ވައިގެ އަސްކަރިއްޔާގެ ފްލީޓުގައި މި ހެލިކޮޕްޓަރުތައް ހިމަނާނެއެވެ.

މި މަރުކާގެ ހެލިކޮޕްޓަރަކީ، ހަތިޔާރާއި، އެނޫންވެސް އާލާތްތަކާއި، ތެޔޮ އުފުލުމަށް ޚާއްޞަ އެއްޗެކެވެ. އަދި މިއީ އެހެން ހެލިކޮޕްޓަރުތަކާ ޚިލާފަށް، ވަރަށް ބަރު އެއްޗެހިވެސް އުފުލުމުގެ ޤާބިލުކަން ލިބިފައިވާ ހެލިކޮޕްޓަރުތަކެކެވެ.

މިއީ އެމެރިކާގެ އަސްކަރިއްޔާގައި އެންމެ ގިނަ އަދަދަކަށް ބޭނުންކުރާ އެއް ބާވަތުގެ ހެލިކޮޕްޓަރެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޓްރަމްޕް

  އެމެރިކާ ސިފައިންނެއް ނުދާނެ ހެލިކޮޕްޓަރތައް އޮޕަރޭޓްކުރާކަށް ?

 2. އަމަދު

  އަހާލަން ބޭނުންވަނީ ހެލްކޮޕްޓަރު އޮޕަރޭޓް ކުރާނީ އެމެރިކާ ސިފައިންތޯ.

 3. އުމަރު ނަސީރު

  އެމެރިކާއިން ތިޔައުޅެނީ އިންޑިއާ ހިފަން..

  • މޯދީ

   އެމެރިކާއިން އަހަރުންނަަށް ހެލިކޮޕްޓަރެއް ދިނަސް ހަމަހިލާ ނުކެރޭނެ އެއްވެސް މީހަކަށް އިންޑިއާގަ މަޑުކުރާކަށް އެދުއްވާށޭ ކިޔާފައެއް، އެހެނެއް ކަމަކު ކަލޭމެން ރާއްޖޭގެ މީހުން ޖެހޭނީ އަހަރުމެން ދޭ ކޮންމެ އެއްޗެއް ދުއްވަން 30 އިންޑިއާ ސިފައިން ބައިތިއްބަން. އަދިވެސް އިތުރު ކުރާނަން

 4. އަލްޖިބްރާ

  އޭ ! އުމަރާ އެމެރިކާއިން އިންޑިއާއަށް މާގިނަ ހެލިކޮޕްޓަރު ދީފި ! އެމެރިކާ އިންޑިއާ ހިފާނެދޯ ؟

 5. ޝުކުރިއްޔާ އިންޑިޔާޖީ

  ތިހެލިކޮޕްޓަރުތަ ބަލަހައްޓަން އެމެރިކާއިން އެއްމެ ސިފައިންގެމީހެވެސް އިންޑިޔާގަ ބެހެއްޓިތަ. އިންޑިޔާމީހުންނަ މިތައްރު ދުއްވަން ދަސްވަންދެން. އިންޑިޔާގަހުރި ދަބަރު ހެލިކޮޕްޓަރުތަ މިކޮޅަށް ގެނެއްސަ އާއެއްޗެހި އެމެރިކާއިން އިންޑިޔާއަށް. ޗައިނާއާ ތަޅުވަން އެމެރިކާ އެހީވަނީ. އެމެރިކާގެ އެހީގަ އިންޑިޔާ މިގައުމު އެމީހުންގެ ނުފޫޒުދަށަށް މިގައުމު މިގެންދަނީ ކޯލިޝަން ރަޖާލާއިގެން ނިދާފަ. އިމްރާނާ ގާސިމާ މައުމޫނަށް ޝުކުރިއްޔާ.

 6. ދަންޑެހެލު

  ރާއްޖެއަށް އިންޑިޔާ އިން ހެލިކޮޕްޓަރު ދިނީ މޮހޮނަށް އޮޑިދޭ އުސޫލުން (ދަބަރަށް ވެފަހުރި ހެލިކޮޕްޓަރ) އެމެރިކާއިން އާ ހެލިކޮޕްޓަރު 15 އެތި ދިނީ ކޮންމެ އެއްޗެއް ބަލަހަށްޓަން 450 މިލިޓަރީ ސިފައިން ބައިތިއްބާ ގޮތަށް ޝަރުތު ކޮއްފައެއްނޫން. ޢިންޑިޔާ ސިފާއިންނަށް އަތްނުލެވޭ ބަލާނުލެވޭ އަދި އެގައުމުގެ ސިފައިންނަށް އެޔަށް އެރުން މަނާވާ ގޮތައް ޝަރުތުކޮށްފަޔެއް ނޫން

 7. ،ޯދީ

  ހަދިޔާ ކުރިޔަސް އެމެރިކާ ސިފައިން ނަކަށް ނުތިބެވޭނެ. ތިބެވޭ ގޮތަކަށް އެކަށްޗެއްގަވެސް ނުހިފާނަން.

 8. ވިސްނަވާ

  އެމެރިކާގެ ތިއަަމަލަށް ރަގަޅަށް ވިސްނުންރަގަޅު މިހެންމިބުނީ އެމެރިކާ އަބަދުވެސް މުސްލިމް
  ގައުމެއް ހާލުގަޖެއްސޭތޯބަލާނެ މިހެންމިބުނީ ފަަލަސްތީނާ އަރަބިބިންތައްޔަހޫދީންހިފައިގެ ތަނުގެ
  އަހުލުވެރިންނަށްބޭނުންގޮތެއްހަދާއިރު އަދި އދގެއެއްވެސްނިންމެވުމަކަށް އިޒްރޭލުންބޯނުލަބާއިރު
  އެމެރިކާއިން އިޒްރޭލަށްތާއީދުކޮށް އެހީތެރިވާތީ އެމެރިކާއިންއިންޑިޔާއަށްހަދިޔާކުރި ހެލިކޮޕްޓަރު
  ތަކުގެބޭނުން މުސްލިމްދިވެހިރާއްޖެއާ ދެކޮޅަށްވެސްކޮށްފާނެކަމަށް ވިސްނަންޖެހޭ އެއީއެކަމަށް ތާއީދުކުރާ މަދުބަޔަކު ރާއްޖޭގައިވެސްތިބީމަ ދިވެހިރާއްޖެއަށް ކޮންމެގޮތެއްވިއަސް ރަގަޅުކަމަށް
  ނުދެކޭނަމަ ރާއްޖޭގެ ރަށްޔިތުންނަށްބޮޑުއާމްދަނީއެއްލިބޭ ޓުއަރިޒަމް ބޮއިކޮޓްކުރާކަށް މަސައްކަތްނުކުރާނެ

 9. މެސީ

  ދެން އެމެރިކާގެ ސިފައިން އިންޑިޔާގަ ތިއްބަން ވީ އެންނު އެ ދުއްވަން

 10. މާރިއާ

  އަޅެ އެ ދުއްވަން ދަސްކޮށްދޭނެ އެމެރިކާގެ ސިފައިން ވެސް ދޭން ޖެހޭނެ. ކަނޑުގެ ސަރަހައްދު ބަލާ ރާޑަރުތަކާއި، އިންޑިއާގެ އެކި ތަންތަނުން އެމެރިކާ ސިފައިން ޓުރޭނިން ހަދަން ސެންޓަރުތައް ވެސް.

 11. ހަތަރު ލީޑަރުން

  މީ ދިވެހިންނަށް ވަރަށް ޢިބުރަތްތެރި ޚަބަރެއް. އެމެރިކާއިން އިންޑިއާއަށް ހަތިޔާރުގެ މި އެހީދެނީ ފަލަސްތީނުގައި ހާލުގައި ޖެހިފައި ތިބި އެތަކެއް މުސްލިމް އަޚުންނާއި އުޚްތުންނަށް ދޭ ހުރިހާ އެހީތަކެއް ހުއްޓާލުމަށްފަހު އަދި އިޒްރޭލަށް އަބަދުވެސް އެހީތެރިވެ އެމީހުންކުރާ ކޮންމެ ކަމެއް ދިފާއުކޮށްދެމުން.
  އިންޑިއާއިން ރާއްޖެއަށް ދިން އެއްޗެއް ކަމަށް ހަދާފަ ވަރަށް ޒަމާންވެފަ ހުރި 2 ހެލިކޮޕްޓަރ ގެނެސް ދިވެހިންގެ ކުރިމަތީގައި ދިވެހި ސިފައިންނަކީ ހެލިކޮޕްޓަރ ދުއްވަންވެސް ނޭނގޭ ދަށް ބައެއްގެ ގޮތުގައި ދިވެހިންނަށް ވިސްނައިދީފަ ކޮންމެ އެއްޗެއް ދުއްވަން 30 ސިފައިން ތިބޭ. ދިވެހި ސިފއިންގެ މީހެއް ދުއްވާކަށް ނުލިބޭ. މީ ވަރަށް ދެރަ ކަންކަން. ވިސްނާ ފިކުރު ކުރޭ