ދުނިޔޭގެ ދިރުންތަށް ނެތިކޮށްލާފަދަ ބޮޑު ގިނިހިލައެއް ދުނިޔެއާއި ދިމާއަށް މިސްރާބު ޖަހަމުން ގެންދާ ކަމަށާއި އެ ގިނަހިލައިން ސަލާމަތްވާނެ އެއްވެސް މަގެއް އަދި ނެތް ކަމަށް ސައިންސްވެރިން ބުނެފިއެވެ.

2135 ވަނަ އަހަރު ދުނިޔެއަށް ވެއްޓޭނެ ކަމަށް ބެލެވޭ އެ ގިނަ ހިލައިގެ ބޮޑުމިން އެމްޕަޔަރ ސްޓޭޓް ބިލްޑިންގް އަށް ވުރެއް ބޮޑުވާނެ ކަމަށް ސައިންސްވެރިން ބުނެއެވެ. އަދި އެމެރިކާގެ ޖައްވީ އިދާރާ ނާސާއަށްވެސް އެ ގިނަހިލައިން ސަލާމަތް ވެވޭނެ މަގެއް އަދި ހޯދިފައި ނެތްކަމަށް ސައިންސްވެރިން ބުނެއެވެ.

ސައިންސްވެރިން މިގޮތަށް ބުނެފައިވާއިރު، ގިނަހިލައިން ސަލާމްވުމަށް 8.8 ޓަނުގެ އުނޅަދެއެް އުފައްދަމުންދާ ކަމަށާއި އެއުޅަނދުން ދޫކުރާ ލޭޒާއެއްގެ ސަބަބުން ގިނި ހިލަ ފުނޑުފުނޑުވެގެންދާނެ ކަމަށް ނާސާއިން ބުނެއެވެ. ނަމަވެސް އެއީ ކުދި ގިނަހިލަތަކަށް ހާއްސަ އުނޅަދެއް ކަމުގައި އެ އިދާރާއިން ބުނެއެވެ.

އަދި ގިނި ހިލައެއް ދުނިޔެއަށް ވެއްޓުމުގެ 48 ގަޑިއިރު ތެރޭގައި އިންޒާރު ދެވޭނެ ނިޒާމެއްް މިހާރު ގާއިމްވެފައިވާ ކަމަށާއި ދުނިޔެއިން ސާރު (ޑައިނޮސޯ) ނެތިގެންދިޔަ ފަދަ ބޮޑު ގިނަ ހިލައަކުން ސަލާމަތްވާނެ ގޮތްތަށް ދިރާސާކުރަމުން އަންނަ ކަމުގައިވެސް ނާސާއިން ބުނެއެވެ.

ދުނިޔެއާއި ދިމާލަށް މިހާރު މިސްރާބު ބޮޑު ގިނިހިލައިގެ ފުޅާމިނުގައި 1600 ފޫޓް ހުރެއެވެ. ނާސާއިން މި ގިނިހިލައަށް ދީފައިވާ ނަމަކީ "ބެއްނޫ" އެވެ. ގިނި ހިލަ ބެއްނޫ ދުނިޔަށް ވެއްޓޭނީ އަންނަ ގަރުނުގެ ތެރޭގައި ކަމަށްވާއިރު ސައިންސާއި ޓެކްނޮލޮޖީގެ ރޮގުން ދުނިޔެ ކުރިއަރަމުންދާ މިންވަރަށް ބަލައި އެ ގިނަހިލައިން ސަލާމަތްވެވިދާނެ ކަމުގައި ކަމާބެހޭ މާހިރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގިފިލި

    ހިތުންމޮޅު ކަމުންގަ ހުސްރޯނުއެދުރުން. ހުރިހާކަމެއްގާ ﷲގެކުޅަދުންވަންތަކަން ހަދާންކުރޭ. އެއީ މުސްލިމުންގެ ގޮތް. ދުނިޔެކުޑަވެއްޖެ ކަމާ މިހާރު އެމެރިކާގަ އިންދެގެން ރާއްޖޭގެ ގޭގޭގެގިފިލިބެލޭ ފެންވަރައް އަހަރުމެންކުރި އަރައިފިކަމައް ވަކާލާތުކުރާ މީހުންނައްވެސް އެތައްގޮަންޖެހުންތައް އެބަހުރި. ކަންޑައްވެއްޓުންކަމައްބުނާ މެލޭސިޔާގެ ބޯޓު 04 އަހަރުފާއިތުވީއިރުވެސް ހޯދިއްޖެތަ؟

  2. ޞިމްހާ

    ސެޓެލައިޓު ސެލްފީއެއް ނަގާފަ ދޯ އެއިނީ؟

    • ވިސްނާ

      ހަމަ ތެދެއް...

  3. ެއެކްސް5

    ގިނިހިލައޭ އަދި އޭލިއަންއޭ ކިޔައިގެން އެމެރިކާގެ ސިފައިން ވަލުވައްދާ، އަހަރުމެންނަށް އިނގޭ ތީ ހުސްއ ފޭކުކަން. ކޮން ސާރެއްތަ އެއީވެސް ހުސް ފުލޯކު.

  4. އޭލިއަން

    ފެން ބޮޑުވީމަ، ވައި ގަދަވީމަ ބިންހެލުން އައީމަ އެއިން ސަލާމަތްވާން ނުކުޅެދޭ ބައެއް އިންސާނުންނަކީ. ދެން ކިހިނެއް ހިލައަކުން ސަލާމަތްވާނީ. މާތްﷲ މިންވަރު ކުރެއްވި ގޮތަކަށް އެކަންވާނެ.

  5. ހުސޭނުބޭ

    އެހެންވީއިރު ދެއިރު ދެދަޅައަށް ކޮން ފޮންޏެއް ތި ކަނޑަނީ.