މީގެ ކުރިން ވެސް ދެފަހަރެއްގެ މަތިން ޖަލުން ފިލާފައިވާ މެކްސިކޯގެ ބޮޑު ޑްރަގް ވިޔަފާރިވެރިޔާ ޖޮގްއިން ގުޒްމަން މަޝްހޫރު ނަމުން ނަމަ އެލް ޗަޕޯއަށް ދެން ޖަލުން ނުފިލޭނެ ކަމަށް އޭނާ ބެލެހެއްޓުމުގެ ޒިންމާ މިހާރު އުފުލަމުން ގެންދާ އެމެރިކާ އިން ބުނެފިއެވެ.

އެލް ޗަޕޯގެ މައްޗަށް އެމެރިކާގެ ކޯޓެއްގައި އުފުލި ދިހަ ދައުވާއެއް ސާބިތުވާ ކަމަށް މިހަފްތާގައި ވަނީ ނިންމާފައެވެ. އޭނާގެ މައްޗަށް ޙުކުމް އިއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހު އެވެ. ޔަގީނާއި ގާތައް ކަށަވަރު ވެފައިވާ ގޮތުގައި އެލް ޗަޕޯގެ މައްޗަށް އަންނާނީ އުމުރު ދުވަހުގެ ޖަލު ޙުކުމެކެވެ.

އެލް ޗަޕޯ ޙުކުމް ތަންފީޒު ކުރާނީ އެމެރިކާގެ ކޮލެރާޑޯގައި ހުންނަ "ސްޕަމެކްސް" ޖަލުގައެވެ.

އެލް ޗަޕޯގެ މައްޗަށް ކުށް ސާބިތުވޭތޯ ބަލަން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އެމެރިކާގެ އެޓާނީ ވިދާޅުވީ އެލް ޗަޕޯގެ މައްޗަށް ޙުކުމް އިއްވިއްޖެނަމަ "ދެން ދުވަހަކު ވެސް ސަލާމަތްވުމެއް، އެނބުރި އައުމެއް ނޯންނާނެ." ކަމަށެވެ.

އެލް ޗަޕޯ ޙުކުމް ތަންފީޒު ކުރަމުން ގެންދާނީ ކޮންކްރީޓް ގޮޅިއެއްގައި ހުރެގެންނެވެ. އެގޮޅީގެ ބޮޑު މިނުގައި ހުންނާނީ 07 ފޫޓް 12 ފޫޓެވެ. ކޮންމެ ދުވަހަކު 23 ގަޑިއިރު އޭނާ ހުންނަން ޖެހޭނީ ގޮޅީގައެވެ. ކޮންމެ ދުވަހަކު އެއް ގަޑިއިރަށް އޭނާ ގޮޅިން ނެރުނު ނަމަވެސް ޖަލުގައި ތިބޭ އެހެން ކުށްވެރިންނާއި ބައްދަލު ކުރުމުގެ ފުރުސަތެއް އޭނާ އަކަށް ނޯންނާނެއެވެ.

އެލް ޗަޕޯ ހައްޔަރު ކޮށްފައި ހުންނަ ޖަލަށް ކުށްވެރިން ގެންދާނީ ބަސްތަކުގައެވެ. ބަސްތައް ދަތުރު ކުރާނީ ވަށައިގެން ހަތިޔާރު އެޅި ގާޑުން ހިމެނޭ އެތައް ވެހިކަލަކާއި އެކުއެވެ. އަދި ބަސްތައް މަތިން ވައިގެ މަގުން ހެލިކޮޕްޓަރުތައް ވެސް ހަތިޔާރާއި އެކު ހަރަކާތްތެރި ވާނެއެވެ.

ޖަލު ހުންނަ ސަރަހައްދާއި ވަށައިގެން 115 މޭލު ހިމެނޭ ސަރަހައްދެއްގައި އެއްވެސް އިމާރާތެއް ނުހުންނާނެއެވެ. އެހެންކަމުން އެހެން އިމާރާތެއްގެ ތެރެއިން ބިމު އަޑިން ޓަނަލްއެއް ކޮނުމުގެ ފުރުސަތު ވެސް މިފަހަރު ނޯންނާނެއެވެ. އަދި ޖަލު އިމާރާތް ކޮށްފައި ވަނީ ވެސް ބިމު އަޑިން ޖަލު ފޫއަޅުވައި ނުލެވޭ ފެންވަރުގައެވެ.

ޖަލު ބެލެހެއްޓުމުގައި 24 ގަޑިއިރު ވަރުގަދަ ހަތިޔާރާއި އެކު ގާޑުން ހަރަކާތްތެރިވާނެއެވެ. ޖަލުގެ އެންމެ ބޭރު ފާރުގައި ވަނީ ލޭޒާ ފެންސެއް ޖަހާފައެވެ. އަދި ޖަލު ގާޑު ކުރުމުގައި ކުއްތާތައް ވެސް ހަރަކާތްތެރި ވާނެއެވެ. މިކުއްތާތަކަކީ މީހަކު ޖަލަށް ވަންނަން އުޅޭނަމަ އެމީހަކަށް ހަމަލާ ދިނުމަށް ޓްރޭނިން ކޮށްފައިވާ ކުއްތާތަކެކެވެ.

އެހެންކަމުން މިފަހަރު މިއޮތީ އެލް ޗަޕޯ އިންސާފުގެ ކުރިމައްޗަށް ގެނެވި، ޙުކުމް ތަންފީޒު ކުރަން ޖެހިފައި ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިންސާނީ

    އިންސާނީ ކަރާމަތް ކޮބާ؟

    6
    7
  2. ހިއުމަން ރައިޓްސް

    އެމެރިކާ ނޫންބަޔަކު ކުރިނަމަ ހުންނާނެ ފޯރިއެއް.

    7
    5
  3. ލަފާކުރެވޭ

    ޖަލުގެ ހާލަތު ތިފެންވަރަށް ހުއްޓަސް ނޫސްތަކަށް ތިފަދަ މައުލޫމާތު ހިއްސާކުރުމީވެސް ފަހަރުގަ އޭގެ ނާޖާއިޒް ފައިދާ މީނާގެ އައުވާނުން ނަގާނެކަމެއް.އެމީހުން އެއަށްވެރު މޮޅުރޭވުމެއް ރާވާލައިގެން ތިޗަޕޯއެއް ޖަލުން ނެރެލުމަކީވެސް ހަމަވެދާނެކަމެއް..ކުރީންވެސް ޖަލުގަ ހައްޔަރުކޮށްފަ ހުއްޓާ ފިލީ ބިމުއަޑި ކޮނެގެން..މުސަޅަކަށް ދޫނުކުރޭ ވިއްޔަ.މިހާރުވެސް ހުންނާނެ މީނަގެ ސިކުނޑީގަ ފިލާރައްކާ ވާނެގޮތްތަކުގެ ޕްލޭންތަކެއް..

    9
    2
  4. ާއާން

    ޢެލްޗަޕޯމެން ޖަލަށްލީމަވެސް ބުރަކަށި ބިނދިގެން ނޫޅެ

  5. ނުރަބޯ

    ނާ ނާ ދުވަސްކޮޅަކުން ސުޕްރީމް ކޯޓުން ޗަޕޯގެ އެއްވެސް ކުށެއްނެތޭ އޭނާ ޖަލަށްލާފައި އެހެރީ މުޅިން ބޭއިންސާފުން، ފަނޑިޔާރުންނަށް ނުފޫޒުފޯރުވައިގެންނޭ ބުނެ އޭނާ ދޫކޮށްލަން އަމުރުނެރެފިނަމަ ދެން ޖެހޭނީ ދޫކޮށްލަންތާ.