ސައުދީގެ ވަލީ އަޙްދު މުޙައްމަދު ބުން ސަލްމާން މައްކާގައި ހުންނަ ކައުބަތުﷲ ގެފުޅުގައި ނަމާދު ކުރައްވައިފިއެވެ.

ސައުދީގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައުދީގެ ވަލީ އަޙްދު ކަޢުބާގައި ކުރައްވާފައިވަނީ އަޞްރު ނަމާދެވެ. ހަރްމްފުޅަށް ސަޢުދީގެ ވަލީއަޙްދު ކުރެއްވި ޒިޔާރަތަކީ ހަރަމްފުޅު ބޮޑު ކުރުމުގެ މަސައްކަތް ކުރިޔަށް ދާ ގޮތް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތެކެވެ.

މިޒިޔާރަތުގައި ފުރަތަމަ ޕްރިންސް ސަލްމާންވަނީ ހަޖަރުލް އަސްވަދު ބޮސްދެއްވާފައެވެ. އޭގެފަހުން ކަޢުބާގެ ތެރޭގައި ނަމާދު ކުރައްވާފައިވާއިރު، ކަޢުބާގެ މަތީގައި ހުއްޓާވެސް ފެނިފައިވެއެވެ.

ސައުދީގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕްރިންސް މުޙައްމަދުވަނީ ކަޢުބާގެ ފާރުގައި ފެންފޮތި ލާފައެވެ. ކަޢުބާގައި ފެންފޮތި ލަނީ ޒަމްޒަމް ފެނުން ފޯކޮށް ޚާއްސަ އަތަރެއް އޭގެ ތެރެއަށް އެއްކޮށްގެނެވެ. ކަޢުބާގެ އެތެރޭގައި ފެންފޮތި ލުަމަކީ މީގެ ކުރިންވެސް ސަޢުދީގެ ރަސްގެފާނުވެސް ކުރައްވާފައިވާ ކަމެއްކަން ފާހަގަ ކޮށްލެވެއެވެ.

ޕްރިންސް މުހައްމަދު ހަރަމްފުޅަށް ޒިޔާރަތް ކުރެއްވި އިރު ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖިންނި

    ޔާ ﷲ އިސްލާމީ އުއްމަތަށް ފުރިހަމަ އިމާމެއް ކަމުގައި ވަލީ އަޙްދު މުޙައްމަދު ލައްވަވާފާންދޭވެ ! އާމީން !!!

    8
    2
  2. ހިތު އުފާ

    ރަސްގެފާނު ކޮންމެ ފަހަރަކު އަރަންވާނީ އެތަނަކަށްނު؟

    3
    1
  3. އަމީރު

    އޭ ވަލީއަޙުދާ... ޚަޝޯގީގެ މަރުދިޔަ ދޭންޖެހޭ މީހަކީ ތީ///

    1
    3