ކަޝްމީރުގައި އިންޑިއާގެ ސިފައިންނަށް އަމާޒުކޮށް ދިން ޖާނުންފިދާވުމުގެ ހަމަލާގައި މަރުވި 44 ސިފައިންގެ ޖަނާޒާ ބާއްވައިފިއެވެ.

އިންޑިއާއިން އަޅުވެތި ކޮށްފައިވާ ކަޝްމީރުގެ ޕުލްވަމާ އޭރިއާގައި މިދިޔަ ބުރާސްފަތި ދުވަހު ދިން ހަމަލާގައި އިންޑިއާ ސިފައިންގެ 44 މީހުން ވަނީ މަރުވެފަ އެވެ.

އިންޑިއާގެ އާގަރާގައި ކުރިއަށް ދިޔަ ޖަނާޒާގައި މަރުވި އިންޑިއާ ސިފައިންގެ އާއިލާތަކާއި ގިނަ އަދަދެއްގެ ސިފައިން ވެސް ވަނީ ބައިވެރިވެފައެވެ.

ޖަނާޒާ ކުރިއަށް ގެންދިޔައީ ސަލާމަތީ ފިޔަވަޅުތަށް ވަރުގަދަ ކޮށްގެންނެވެ.

ބުރާސްފަތި ދުވަހު ދިން ހަމަލާއަކީ 2002 ވަނަ އަހަރުގެ ފަހުން ކަޝްމީރުގައި ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ. މިހަމަލާ ދީފައިވަނީ ގޮވާތަކެތިން ފުރާފައިވާ ކާރެއްގޮސް އިންޑީޔާގެ ސިފައިން ދުއްވަމުން ދިޔަ ބަސްތަކެއްގައި ޖައްސައިގެންނެވެ. 78 ބަހުގައި 2,700 އަށްވުރެ ގިނަ ސިފައިން ދަތުރު ކުރަމުުން ދިޔައީ ހައިވޭއެއްގައި ސްރީނަގަރަށެވެ.

ކަޝްމީރުގައި އިންޑިއާގެ ޕެރަމިލިޓަރީ ފުލުހުންނަށް ދިން ޖާނުންފިދާވުމުގެ ހަމަލާއަކީ ހެދުނު ގޯހެއް ކަމަށާއި، ވަރުގަދަ ރައްދެއް ދެއްވާނެ ކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދެރަ މޯދީ ވަނީ ވިދާޅުވެފައެވެ.

އިންޑިއާއިން ބޮޑު ބައެއް ހިފާފައިވާ ކަޝްމީރަށް އިންޑިއާ އަދި ޕާކިސްތާނުން ވެސް ދަނީ މިލްކުވެރިކަމަށް ދައުވާ ކުރަމުންނެވެ.

އދ ގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން އިންޑިޔާގެ އަމަލުތަކުގެ ސަބަބުން، 2016 ވަނަ އަހަރުގެ ޖުލައި މަހުގެ މެދުތެރެއިން ފެށިގެން، 2018 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް، ކަޝްމީރުގެ 145 އާއްމުންވަނީ މަރުވެފައެވެ. ހަމައެހެންމެ، އިންޑިޔާއިން ކަންތައް ކުރާ ގޮތުގެ ނަތީޖާއެއްގެ ގޮތުން، ހަތިޔާރު އެޅި ގްރޫޕުތަކުން ދިން ހަމަލާތަކުގައި 20 މީހުން މަރުވެފައިވާކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޔާ ﷲ މި މުޑުދާރު ނަޖިސް ހިންދޫންނާއި ބުޑިސްޓުންގެ ފަރާތުން ކަޝްމީރާއި އިންޑިޔާގެ މުސްލިމުން ސަލާމަތް ކުރައްވާއިފާދޭވެ.އާމީން

    17