1000 މީހުނާއި އެކު ދަތުރު ކުރަމުން ދިޔަ ނޯވޭޖިއަން ކުންފުނީގެ ކުރޫޒް ލައިނާއެއްް ޕްއެޓްރިކޯ ޕޯޓް ގައި ޖެހި އެކްސިޑެންޓް ވެއްޖެއެވެ.

މި ހާދިސާ ހިންގަން މެދުވެރިވީ މި ކްރޫޒް ލައިނާގެ އިންޖީނުގައި ޖެހުނު މައްސަލަ އެއްގެ ސަބަބުން ކޮންޓްރޯލް ނުވެގެނެވެ.

ނޯވޭޖިއަން ކުންފުނީގެ "އެޕިކް" ނަމަކަށް ކިޔާ މި ކުރޫޒް ލައިނާ ފްލޮރިޑާ އިން ފުރީ މީގެ ހަތް ދުވަސް ކުރިން ބްރިޓިޝް ވާޖިން އައިލެންޑްސް އަށް ދިޔުމަށެވެ. ނަމަވެސް އިންޖީނުގައި ޖެހުނު މައްސަލައެއްގެ ސަބަބުން ކްރޫޒް ލައިނާ ވަނީ އަބުރާލާފައި ޕެއޮޓްރިކޯ ޕޯޓަށް ދިއުމަށް މިސްރާބް ޖަހާފައެވެ.

މި އެކްސިޓެންޓް ހިނގިއިރު ނަގާފައިވާ ވީޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރު ވަމުނެވެ. މި ވީޑިއޯ އިން ފެންނަ ގޮތުގައި 1100 ފޫޓް ދިގު 155000 ޓަނުގެ މި ބިޔަ ކުރޫޒް ލައިނާ ޕެއޮޓްރިކޯ ޕޯޓަށް ބަދަރު ކުރަން އުޅެނިކޮށް ބާރުގަދަ ވައިގެ ސަބަބުން ބަދަރުގައި ގޮސް ވަރަށް ބާރަށް ޖެހި އެކްސިޓެންޓް ވެއެވެ.

އެކްސިޑެންޓްވި ކްރޫޒް ލައިނާގައި އެކި ގައުމުތަކަށް ނިސްބަތްވާ 1000 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ރިޕޯޓްތައް ބުނާއިރު، މި ދަތުރުގައި އެންމެ ގިނައިން ބައިވެރިވެފައިވަނީ އެމެރިކާއަށް ނިސްބަތްވާ ފަތުރުވެރިންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެ އަނިޔާއެއް ވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގަން މިހާރު މި ކްރޫޒް ލައިނާ ނިސްބަތްވާ ކުންފުނިން ވަނީ ތައްޔާރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު