އިންސާނީ އެހީ ހިފައިގެން އެމެރިކާގެ އަސްކަރީ ބޯޓްތަކެއް ވެނެޒުއޭލާ އާއި ކޮލަންބިއާ ގުޅޭ ސަރަހައްދީ އިން ކައިރިން ކޮލަމްބިއާގެ އެއާޕޯޓަކަށް ހިނގައްޖެއެވެ.

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯގެ ވެރިކަމާއި ދެކޮޅަށް މުޒާހަރާތައް ހޫނުވެ އިންސާނީ އެހީ އަށް ޖެހިފައި އޮތް ވެނެޒުއޭލާ އަށް 180 ޓަހުގެ އެހީ އެމެރިކާ އިން ގެންގޮސްފައި ވާއިރު މި އެހީ ވެނެޒުއޭލާއަށް އެތެރެވިޔަ ނުދޭނެ ކަމަށް ވެނެޒުއޭލާގެ ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެހީ ފޯރު ކޮށްދިމުގެ ކަންކަން ކުރިއަށް އޮތް ތިން ހަފްތާއަށް ކުރިއަށް ދާނެ ކަމަށް އެމެރިކާ އިން ބުނެއެވެ. އެމެރިކާއިން ފޯރުކޮށްދޭ އެހީގެ އަގު 20 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

ވެނެޒުއޭލާގެ ހާލަތު ގޯސް ކުރަމުންދާ އެމެރިކާގެ ރައީސް ޓްރަންޕް ރިޔާސީ ގަޑުވަރު ވައިޓް ހައުސްގައި ތަގުރީރު ކުރަމުން ބުނެފައި ވަނީ ވެނެޒުއޭލާއި ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަކީ ވިސްނުމެއް ކަމަށާއި ކުރިއަށް އޮތްތާގައި ވެނެޒުއޭލާގެ ހާލަތު ރަގަޅު ނުވާނަމަ އެފިޔަވަޅު އަޅަން ޖެހިދާނެ ކަމަށެވެ.

ތެލުގެ މުއްސަދިކަން ލިބިފައިވާ ވެނެޒުއޭލާގައި އެތަށް ހާސްބަޔަކު މަގުތަކަށް ނުކުމެ ރައީސް މަޑޫރޯގެ ވެރިކަން އިތުރަށް ދެން ބޭނުން ނުވާކަމަށް ބުނެ އަޑު އުފުލަމުން ދާއިރު މަޑޫރޯ ހުންނެވީ ގޮތް ދޫކުރައްވާ އިސްތިއުފާ ދެއްވާ ގޮތަކަށް ނޫނެވެ.

ވެނެޒުއޭލާގެ އައު ރައީސް އަކީ ގުއައިޑޯ ކަމަށް އޭނާ އަމިއްލައަށް އިއުލާނު ކުރިފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަޑޫރޯގެ ސަރުކާރުގައި ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ރަޝިޔާ އާއި ޗައިނާއިން ބުނެފައި ވަނީ އެ ގައުމުތަކުގެ ތާއީދު އޮތީ މަދޫރޯއަށް ކަމަށެވެ.

ރަޝިޔާގެ އިތުރުން ވެނެޒުއޭލާގެ ސިފައިން ވެސް ވަނީ ރައީސް މަޑޫރޯގެ ސަރުކާރު ދިފާއު ކުރާނެ ކަމަށް ބުނެފައެވެ. ރައީސް މަޑޫރޯވެސް ވަނީ ހުޅަގުގެ އިންޒާރުތަކަށް ފަހަތަށް ނުޖެހި އަސްކަރީޔާ އެއްބައިވަންތަވެ, އެކުވެރިވުމަށް ގޮވާލާފައެވެ.