އެމެރިކާއިން ބޭނުންވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނަމުގައި ވެނެޒުއެލާއަށް އަރަން ކަމަށް އެޤައުމުގެ ރައީސް ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެއެވެ.

ރައީސް ނިކޮލަސް ވިދާޅުވީ، އެމެރިކާއިން ބޭނުންވަނީ ހަނގުރާމަަތީ ގޮތަކަށް އެޤައުމަށް އަރަން ކަމަށެވެ. އަދި އެޤައުމުގެ އަސްކަރިއްޔާއިން މިކަމަށް ސަމާލުވުމަށް ރައީސްވަނީ އިރުޝާދު ދެއްވާފައެވެ. އަދި ރައީސް އިތުރަށް ވިދާޅުވެފައިވަނީ ވެނެޒުއެލާއަށް އެހީތެރިކަން ބޭނުން ނުވާ ކަމަށާއި އެޤައުމަށްވުރެ ބޮޑަށް އެހީތެރިކަން ބޭނުންވާ އިތުރު ޤައުމުތައް އެބަހުރި ކަމަށެވެ.

އެމެރިކާއިން ވެނެޒުއެލާ އެހީތެރިކަން ފޯރުކޮށްދެން ނިންމާފައިވަނީ ވެނެޒުއެލާގެ އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯގެ އެދިވަޑައިގަތުމަކަށެވެ. ހުއާން ވިދާޅުވެފައިވަނީ ވެނެޒުއެލާގެ ހާލަތު ވަރަށް ދަށް ކަމަށާއި އެޤައުމުގެ ކުޑަކުދިން ބަނޑަށް ޖެހިފައިވާ ކަމަށާއި އަދި ބޮޑެތި ހަސްފަތާލުތައް ވެސް ކުރިޔަށް ނުގެންދެވޭ ވަރަށް ސާމާނުގެ ދަތިކަން އެބަހުރި ކަމަށެވެ.

އެމެރިކާގެ އެހީގެ ތަކެތި ހިފައިގެން ދިޔަ އަސްކަރީ މަތިންދާ ބޯޓުތައް މިހާރު ވަނީ ވެނެޒުއެލާ އާއި ކޮލަމްބިއާ ގުޅޭ ބޯޑަރުގެ ދެމެދުގައިވާ ޓައުންއެއްގައި ޖައްސާފައެވެ. މިތަކެތި ޤައުމަށް އެތެރެ ކުރުމަށް ވޮލެންޓިއަރުން ހޯދުމަށް އިދިކޮޅު ލީޑަރުވަނީ ކެންޕެއިންއެއް ފައްޓަވާފައެވެ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގަނޑިޔާ!!!

    ދެއަހަރު ފަހުުން އެެތަނެއް ނޯންނާނެކަން ޔަޤީން މީހުންނަށް އުޅެވޭ ފެންވަރެެއްގައެއް...އެެތާންގެ ތެޔޮ ކޮޅު ބޯލާ ހިތުން މިހާރު އެއުޅެނީ!

  2. ހުސޭނުބޭ

    "އެމެރިކާއިން އެހީގެ ނަމުގައި ބޭނުންވަނީ ޤަައުމު އަރަން"
    އެމެރިކާއިން ކަނޑު ފުރޭތައެއްހެން އަރަނީތަ ނޫނީ ޤައުމަކަށް އަރައިގަންނަނީތަ؟

    • ކީކޭ ބުނާނީ

      މިވެސް ވާ ލިޔުންތެރިކަމެއް. ސާބަހޭ ރަންގަލަމަށް ވާދަކުރަން ވާނެ އަދިވެސް