ބަގްލަދޭޝްގެ ތޮއް ޖެހިފައިވާ ސިޓީއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 200 ގެ ރޯވެ، 9 މީހަކު މަރުވެފައިވާ ކަމަށް އެޤައުމުގެ މީޑިޔާތަކުން ރިޕޯޓްކޮށްފިއެވެ.

ބަގްލަދޭޝްގެ މީޑިޔާއެއް ކަމަށްވާ "ޑާކާޓްރިބިއުން" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ ޗިޓަންގް ކިޔާ ބަޤްލަދޭޝްގެ އައްސޭރި ފަށުގައި އޮންނަ ކުޑަ ސަހަރެއްގައި ކަމަށެވެ. އެމީޑިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެންމެން ނިދާފައި ތިއްބައެވެ. މިހާދިސާގައި ގިނަ ބަޔަކު މަރުވެފައިވަނީ މިސަބަބާހުރެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި އެއް ޢާއިލާއަކަށް ނިސްބަތްވާ 4 މީހަކު ހިމެނެއެވެ.

ބަގްލަދޭޝްގެ އަލިފާން ނިއްވާ އިދާރާއިން ބުނެފައިވަނީ އަލިފާންގަނޑު ރޯވެފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވަނީ އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރިފައިވަނިކޮށް ކަމަށެވެ. މިހެންކަމުން އަލިފާންގަނޑު ނިއްވަން ދަތިތަކާ ކުރިމަތިވި ކަމަށްވެސް ބުނެފައިވެއެވެ.

މިއަލިފާންގަނޑު ރޯވި ސަބަބު މިހާރު ތަޙްޤީޤް ކުރަމުން އަންނައިރު، މިހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާއަށް ހިނަވާ ކަފުން ކުރުމަށް 2 ލައްކަ ޓަކާ ދިނުމަށް އެޤައުމުގެ ސަރުކާރުންވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު