އިސްލާމިކް ސްޓޭޓް އޮފް އިރާޤް އެންޑް ސީރިޔާ (އައިއެސް އައިއެސް) އިން ސީރިޔާގެ 1000 އަށްވުރެ ގިނަ އާއްމުން ރަހީންކޮށްގެން ހައްޔަރުކޮށްފައިވާ ކަމަށް އެޤައުމުގައި ހަރަކާތްތެރިވާ އެމެރިކާގެ ބާރު ހިނގާ ޖަމާޢަތަކުން ބުނެފިއެވެ.

ސީރިއަން ޑިމޮކްރެޓިކް ފޯސްގެ ނަމުގައި ސީރިޔާއިން އައިއެސްގެ ބާރު ކަނޑުވާލުމަށް ކަމަށްބުނެ އެޤައުމުގައި ޙަރަކާތްތެރިވަމުން އަންނަ ޖަމާއަތަކުން ބުނެފައިވަނީ ސީރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާޢަތުގެ މީހުން އެޤައުމުގެ ސަހަރެއްގައި ދިރިއުޅޭ 1000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހުން ރަހީނުކޮށް އެމީހުންގެ އިންސާނީ ޙައްޤުތަކަށް އަރައިގެންފައިވާ ކަމަށެވެ.

"އެމީހުންވަނީ ގިނަ ބަޔަކު ހައްޔަރުކޮށްފައި. އެސަރަހައްދަށް ދެވޭނެ ހުރިހާ މަގެއްވެސް ބަންދުކޮށްފައި. ވަރަށް ލާ އިންސާނިއްޔަތުކޮށް ކަންތައް ކުރަމުން އެ ގެންދަނީ" ދަ އެސޯސިއޭޝަން ޕްރެސްއަށް ދިން އިންޓަރވިއުއެއްގައި އެ ޖަމާޢަތުގެ ތަރުޖަމާނު މުސްތަފާ ބާލީ ބުނެފައިވެއެވެ.

ސީރިޔާގައި ހަތަކާތްތެރިވަމުން އަންނަ ހައްދު ފަހަނަ އަޅާފައިވާ އައިއެސް ޖަމާއަތުގެ އަތްދަށުން އެޤައުމު ސަލާމާތް ކުރުމަށް ކަމަށްބުނެ އެމެރިކާއިން ސީރިޔާގައި ގިނަ އަދަދެއްގެ އެޤައުމުގެ ސިފައިންދަނީ ހަރަކާތްތެރި ކުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު