ދުނިޔޭގެ ފިނި ބައްރު އާޓިކްގައި އިގިރޭސިވިލާތުން އަސްކަރީ ބޭހެއް އަޅާނެ ކަމަށް އެގައުމުން އިއުލާން ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ޑިފެންސް ސެކްރެޓަރީ ގަވިން ވިލިއަމްސަން ވަނީ ރަޝީޔާއިން އާޓިކް ސަރަހައްދުގައި ނުފޫޒު ގަދަވިޔަ ނުދިނުމަށް އާޓިކް ގައި އިނގިރޭސިވިލާތުގެ އަސްކަރީ ބޭހެއް ގާއިމު ކުރާނެ ކަމަށެވެ.

އޭނާ އިތުރަށް ބުނީ މި ނިންމުމުގެ ދަށުން އިނގިރޭސި 1000 ސިފައިން ނޯވޭއަށް އަސްކަރީ ތަމްރީނަށް ފޮނުވާނެ ކަމަށެވެ. ނޯވޭ ހިމެނޭ އާޓިކްގައި މިވަގުތުވެސް އިނގިރޭސި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ރަޝިއާގެ ބާރު އެންޓާޓިކް އަދި އާޓިކް އަށް ފޯރަފާނެތީ އެމެރިކާއިން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރަޝިއާގެ ނުފޫޒު ކުޑަކުރުމަށް ޔޫރަޕްގެ ގައުމުތަށް ބައިވެރިވާ އަސްކަރީ ފައުޖް "ނޭޓޯ" އުފެއްދީވެސް މި މަގުސަދުގައެވެ. ނަމަވެސް ރަޝިޔާއަކީ އެގައުމު އެކަނިވެސް މުޅި ނޭޓޯއާ ކުރިމަތި ލެވޭފަދަ އަސްކަރީ ބޮޑު ބާރެކެވެ.

އެމެރިކާއާއި އިނގިރޭސިވިލާތް އޮތްނަމަވެސް ރަޝިޔާއާ އަސްކަރީ ގޮތުން ކުރިމަތިލައިގެން ނޭޓޯއަށް ކާމިޔާބު ނުލިބޭނެކަމަށް އެންމެ ފުރަތަމަ ނޭޓޯގެ އަސްކަރީ ތަޖްރިބާކާރުން އެއްބަސްވެއެވެ.

ދުނިޔޭގެ މުއްސަނދި ހުރިހާ ގައުމަކުން އަސްކަރިއްޔާ ވަރުގަދަ ކޮށް އަސްކަރީ މަރުކަޒުތަށް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު ދުނިޔޭގެ ދެވަނަ އަށް އެންމެ ވަރުގަދަ އަސްކަރިއްޔާގެ މަގާމުގައި އޮތީ ރަޝިއާ އެވެ. ރަޝިއާގެ އަސްކަރީ ބަޖެޓަކީ 76 ބިލިއަން އެމެރިކާ ޑޮލަރެވެ. ރަޝިއާ ސިފައިންގެ އަދަދު ހަތްލައްކަ ފަސްދޮޅަސް ހަހާހަށް އަރައެވެ. ރަޝިއާގައި ހުރި ޓޭންކަރުތަކުގެ އަދަދަކީ ފަނަރަ ހާހެވެ. މިއީ އިނގިރޭސި ވިލާތަށް ވުރެން އެތަށް ގުނައެއް ބާރުގަދަ ވުމެވެ.