ލަންކާގެ ތިންވަނަ އިންޓަރނޭޝަލް އެއާޕޯޓަކަށް ޕަލާލީ އެއާޕޯޓް ތަރައްގީ ކުރަން އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ލަންކާ ޑެއިލީ ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި އެއަރޕޯޓް ތަރައްޤީކޮށް ނިމުމުން އެ ޤައުމުގެ އިޤްތިސާދު ވަރަށް ބޮޑަށް ކުރިއަރައިގެންދާނެއެވެ. އަދި ލަންކާ ސަރުކާރުން ބުނެފައި ވަނީ އެއަރޕޯޓް ތަރައްޤީކޮށް ނިމޭއިރު އެއަރޕޯޓުގެ ރަންވޭ 4000 މީޓަރަށް ބޮޑުކުރެވި، A320 އެއަރ ބަސް ޖެއްސޭނެ ކަމަށެވެ.

ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވީ ސްރީލަންކާގެ ޖަފްނާ ޑިސްޓްރިކްޓްގައި ހުންނަ ފަލާލީ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅުގައި ފެށޭނެ ކަމަށާއި އެ ޕްރޮޖެކްޓަށް 20 ބިލިއަން ރުޕީސް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ލަންކާގެ ބޮޑު ވަޒީރު ވިދާޅުވީ ލަންކާގެ އުތުރު ސަރަހައްދު ތަރައްޤީ ކުރުމަކީ ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް މިއަހަރުގެ ފަހު ކޮޅު ފެށޭނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވި ނަމަވެސް އެ މަސައްކަތް ނިންމާނެކަމަށް ލަފާ ކުރެވޭ ތާރީހެއް ވިދާޅެއް ނުވެއެވެ.

މި އެއާޕޯޓް އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް އެކި ފަހަރުމަތިން ވަނީ ވާހަކަތައް ދެކެވިފައެވެ. ޕަލާލީ އެއާޕޯޓް އިންޓަރނޭޝަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަން ނިންމާފައިވާ ކަން ޖަފްނާ ސިޓީގައި އޮތް ބައްދަލުވުމެއްގައި ހާންމަ ކުރައްވާފައެވެ.

ޕަލާލީ އެއަރޕޯޓް ތަރައްޤީ ކުރަނީ އެއަރޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާގެ ފަރާތުންނެވެ. މި އެއާޕޯޓް ނިމުމުން އިންޑިއާ، އޮސްޓްރޭލިއާ، ޖަޕާންގެ އިތުރުން ޔޫރަޕް އަދި މެދުއިރުމަތީގެ ޤައުމުތަކަށް ސީދާ ދަތުރުކުރަމުންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު