އިންޑިއާގެ ސިފައިންނަށް އަމާޒުކޮށް ކަޝްމީރުގައި ދިން ވަރުގަދަ ހަމަލާއަށް ހަފްތާއެއް ނުވަނީސް މިއަދު އަނެއްކާވެސް އިންޑިއާގެ ހަތަރު ސިފައިން ކަޝްމީރުގައި މަރާލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއަދު ހަތަރު ސިފައިން މަރުވެފައި ވަނީ ކަޝްމީރުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނާއި ސިފައިންނާއި ދެމެދު ބަދަލު ކުރެވުނު ހަމަލާތަކެއްގައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސިފައިން ދަތުރު ކުރަމުން ދިޔަ ބަސްތަކަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އިންޑިއާގެ 40 އަށް ވުރެ ގިނަ ސިފައިން ވަނީ މަރާލާފައެވެ. މިއީ ކަޝްމީރުގެ ތާރީޚްގައި ވެސް މިހައި ގިނަ އަދަދެއްގެ ސިފައިން އެއް ހަމަލާއެއްގައި މަރާލި ފުރަތަމަ ފަހަރެވެ.

ރޭ މެންދަމު އިންޑިއާ ސިފައިން ވަނީ ކަޝްމީރުގައި ހަނގުރާމަވެރިން އުޅޭ އަވަށެއް ވަށާލާ، އެއަވަށަށް ހަމަލާ ދޭން ފަށާފައެވެ. ހަމަލާތަކުގައި ހަނގުރާމަވެރިޔަކު މަރުވި ކަމެއް އަދި ނޭނގެއެވެ. މަރުވި އިންޑިއާ ސިފައިންގެ ތެރޭގައި ސިފައިންގެ މޭޖާއެއް ވެސް ހިމެނެއެވެ.

ހަތަރު ސިފައިން މަރުވުމުގެ އިތުރުން މިއަދުގެ ހަމަލާތަކުގައި ބައެއް އާއްމުންނާއި ސިފައިން ވެސް ވަނީ ޒަހަމްވެފައެވެ.

ހަނގުރާމަވެރިންނަށް ދެމުން ދިޔަ ހަމަލާތައް މިވަގުތު ވަނީ ހުއްޓާލާފައެވެ. ނަމަވެސް ހަމަލާތައް ބަދަލު ކުރި އަވަށުގެ ވަށައިގެން އަދިވެސް އިންޑިއާ ސިފައިން އެބަތިއްބެވެ.

ކަޝްމީރުގެ މިލްކުވެރިކަމާއި މެދު އިންޑިއާ އާއި ޕާކިސްތާނުން އަބަދުވެސް ދައުވާ ކުރެއެވެ. މިހާރު އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރަކީ ޕާކިސްތާނުގެ ބައެއް ކަމަށް ޕާކިސްތާނުން ބުނެއެވެ. 1989 ވަނަ އަހަރުން ފެށިގެން ހަނގުރާމަވެރިން ދޭތެރެ ދޭތެރެއިން އިންޑިއާ ސިފައިންނަށް އަމާޒުކޮށް ހަމަލާތައް ދެއެވެ. ކަޝްމީރުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިން ވަކާލާތު ކުރަނީ ކަޝްމީރަކީ ވަކި ގައުމަކަށް ހަދާށެވެ.

1989 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކަޝްމީރުގައި ވަނީ 70000 އަށް ވުރެ ގިނަ މީހުން މަރާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޮގެއް؟

    ރަނގަޅު. ބުދުކޯލުންތައް ގޮސް އަރާ މުސްލިމުން މަރާ ސުންނާފަތި ކުރާއިރު ދިފާއު ވުމުގެ ގޮތުން ހުރިހާ ކަމެއްވެސް ކުރެވޭނެ. ހަމަ ރަނގަޅު. ބަރާބަރު. އަހަންނަށް ވަރިހަމަ ރީނދުސްތާނު މީހުން ކިތަންމެ ރުޅިއެއް އަޔަސް.

    10
  2. Anonymous

    ޢަލްހަމްދުލިﷲ. ކުރިޔައް އޮތީ ވޭން ބޮޑު އަދި އިންޑިޔާގެގe މުޑުދާރު ސިފައިން ނިކަމެތި ގޮތަކައް ކަޝްމީރުން ބަލިކޮއް ބޭރުކޮއްލާ ދުވަސް އިންޝާﷲ.

    11