"ބެސްޓް ޓޮއިލެޓް ޕޭޕަރ" ޖެހުމުން ޕާކިސްތާނުގެ ދިދަ އަންނަނީ ކީތް ވެގެންކަން، ގޫގަލްއިން ކިޔައިދީފިއެވެ.

ގޫގަލްއިން ނެރުނު ނޫސްބަޔާނެއްގައި ގޫގަލްގެ ތަރުޖަމާނު ވިދާޅުވީ، މިފަދަ ގޮތަކަށް ގޫގަލްގެ ސާޗް ރިޒަލްޓްސް ބައްޓަން ކުރެވިފައިނުވާ ކަމަށާއި އަދި މިކަން މިހާރު ތަޙްޤީޤް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، މީގެ ކުރިން މިގޮތަށް ސާޗް ކުރުމުން ޕާކިސްތާނުގެ ދިދަ ނާންނަ ކަމަށާއި އިންޑިޔާގެ ނޫސްމަޖައްލާތަކުން މިގޮތަށް ރިޕޯޓްކޮށް ނޫސް އަރުވަން ފެށުމުން ސާޗްއަށް ދިދަ އައީ ކަމަށެވެ.

"ބޮޑަށް ބެލެވެނީ 2017 ވަނަ އަހަރު މީމް ވެބްސައިޓްއެއްގެ ރިޒަލްޓްއެއްހެން ޕާކިސްތާނު ދިދަ މިގޮތަށް ސާޗް އަށް އައުން އެއީ. ދެން އިންޑިޔާގެ ނޫސްތަކުން މިގޮތަށް ޚަބަރުތައް ގެންނަން ފެށުމުން، ސާޗް ކުއަރީގެ އެންމެ މައްޗަށް އެރީ." ސްޕޯކްސްޕާސަންގެ ބަޔާނުގައިވެއެވެ.

މިއީ މިގޮތަށް ކަންދިމާވި ފުރަތަމަ ފަހަރު ނޫންކަންވެސް ފާހަގަކޮށްލެވެއެވެ. އެމެރިކާގެ ރައީސްގެ ނަން ޖެހުމުން ފާޙާނަތައްޓެއް އަންނަ މައްސަލަވެސް މީގެ ކުރިންވަނީ ފެންމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކައުންސެލަރު

    އެއެއްނޫންވާގޮތަކީ. އަސްލު އިންޑިޔާ ގިނަމީހުންނަކީ ވަރަށް ގޮތްކުޑަ ކޫސަނި ބައެއް. ކަޝްމީރު މައްސަލާގައި ޓޮއިލެޓް ޕޭޕަރުޖެހީމާ ޕާކިސްޓަނުދިދަ އަންނަގޮތަށް ފޮޓޯތަކެއް ހަދާފަ ނެޓަށް ދޫކޮށްލީމަ ރިޒަލްޓް އެހެންދައްކަނީ. އެހެންނޫންނަމަ ކުރިންވެސް އެހެންވާންވީތާ! ތިމާއަށްވެސް ހެދިދާނެ ގޫގުލްގައި ގުއިތަފާ ޖެހީމާ މޯދީގެ ފޮޓޯ އަންނަހެންވެސް. ޗައީ އިންޑިޔާމީހުންނޭ! ނުދަންނަ ބައެއްނޫނޭ އެއީކީ

    25