ކަޝްމީރުގެ ޕުލްވަމާ ސަރަހައްދުގައި ޖާނުންފިދާވެގެން ދިން ހަމަލާގައި އިންޑީޔާގެ 42 ސިފައިންގެ މީހަކު މަރުވުމާއި ގުޅިގެން އިންޑިޔާގައި މުސްލިމުންނަށް ޖެއްސުން ކުރަންފަށައިފިއެވެ. މިގޮތުން އިންޑިޔާގެ ހިންދޫ ދީނަށް އަޅުކަން ކުރާ ހައްދު ފަހަނަ އަޅާފައިވާ މީހުންދަނީ މުސްލިމުންގެ ކާރުތަކާއި ގެ ތަކުގައި ހުޅު ޖަހަމުންނެވެ.

މިގޮތުން ޖަމްޢޫ އަވަށުގައި 6000 މުސްލިމުންވަނީ ހިންދޫންގެ ހަމަލާތަކުން ސަލާމަތްކަން ހޯދުމަށް މިސްކިތްތަކުގެ ރެފިއުޖީކަމަށް ބަދަލުވެފައެވެ. ކަޝްމީރު މީޑިޔާ ސާވިސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު މިސްކިތްތަކަށް ޖަމާވެ، ސަލާމަތްތެރިކަން ހޯދާފައިވަނީ ރޯމާ ދުވާލު ހިންދޫ ދީނުގެ މީހުން މަގުމައްޗަށް ނިކުމެ މުސްލިމުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުޅުޖަހަމުންދާތީއެވެ.

ކަޝްމީރުގެ ހާލަތު އިތުރަށް ގޯސްވެފައިވާ މިދަނޑިވަޅުގައި އިންޑީޔާގެ ހިންދޫ ދީނުގެ ހައްދުފަހަނަ އަޅާފައިވާ ޖަމާޢަތްތަކުންދަނީ މަގުތަކަށް ނިކުމެ، ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. މިހަމަނުޖެހުންތައް ހުއްޓުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާކަމަށް ޕާކިސްތާނުގެ މީޑިޔާތަކުންވަނީ ރިޕޯޓްކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢާނަ

    ޢިސްލާމުންނާ ނުބެހޭ ﷲގެ ރަހްމަތް ފުލު ވާކަން ހަނދާން ކުރޭ!

    28
    3
  2. ނ

    ރަނގަޅު

    7
    7
  3. ޙުއްތު

    އިނޑިއާގެ ހަލާކު ކައިރި ވެއްޖެ ހެން ހީވަނީ،

    12
    1
  4. ސަޓޯ

    ޒިނޭ ހުއްދަ ކުރި ބަޔަކަށް މުސްލިމުން މެރިއަސް އޯކޭ ވާނެ... 100% މުސްލިމް ރާއްޖެއަށް އިންޑިއާއި ދެކޮޅައް އެއްޗެއްވެސް ބުނެލާކައް ނުކެރޭއެއްނު... ލާދީނީ އެމްޑީޕީ ބައިގަނޑު ސަރުކާރު... ލާދީނީ މޯދީ އަންނި ލާދީނީ އިބުރޭސޯލިހުއަށް ހަލާކު ހުރި

    19