އިންޑިއާގައި ކާރެއްގެ ތެރެއަށް ގަދަކަމުން އަރުވައިގެން ރޭޕް ކޮށްލި ނޭޕާލް އަންހެން މީހުން ރޭޕް ކުރި ހަތަރު މީހެއްކެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.

އިންޑިއާގެ ބާރަސްޓް ކޯޓުން އެ ހަތަރު މީހުންގެ މައްޗަށްވެސް ކުށް ސާބިތުވާ ކަމަށް ނިންމާފައިވާ އިރު، ހުކުމް ކުރާނެ ކަމަށް ބެލެވެނީ މާދަމާއެވެ. އެގައުމުގެ ގާނޫނު ބުނާ ގޮތުން ގޭންގް ރޭޕްގެ ކުށް، އެ ހަތަރު މީހުންގެ މައްޗަށް ސާބިތުވެފައި ވުމާއެކު ހުކުމް ކުރާނެ ކަމަށް ނޫސްތަކުން ބުނަނީ 20 އަހަރަށް ޖަލަށް ލުމަށެވެ.

ޕަންޖާބުގެ ލުދިއާނާ ސްޓޭޓްގައި 21 އަހަރު ނޭޕަާލް އަންހެނަކު ރޭޕް ކުރި ހާދިސާއާއެކު މުޅި އެ ސަރަހައްދަށް ވަނީ ބިރުވެރިކަން ފެތުރިފައެވެ. ޒުވާން އަންހެން ކުއްޖާ ކާރުގައި ދަތުރުކުރަމުން ދަނިކޮށް، ހަތަރު ފިރިހެނުން ތިން ސައިކަލެއްގައި އައިސް މަޑުކޮށް، އޭނާއަށް ބިރުދެއްކި ކަމަށް ފުލުހުން ބުނެއެވެ.

އަންހެން މީހުން ކާރުން ބޭލުވުމަށްފަހު އޭނާގެ އާއިލާގެ މީހާކަށް ގުޅާ އެއް ލައްކަ ރުޕީސްއަށް ޑިމާންޑް ކުރި ކަމަށާއި، އެ ފޯން ކޯލް އަޑުއިވުމާއެކު ފުލުހުން ރެސްޕޮންޑްކޮށް އެ ކާރު ފޮލޯކޮށްގެން ދިޔަ އިރު، އެ އަންހެން މީހާ އޮތީ ރޭޕްގެ ޝިކާރަޔަކަށް ވެފައި ކަމަށްވެސް ސަރަހައްދުގެ ފުލުހުން ނެރުނު ރިޕޯޓެއްގައިވެއެވެ.

ރޭޕް ކުރުމަށްފަހު އެ އަންހެން މީހާ މަރާލުމަށް އެ މީހުން އަނިޔާ ދީފައިވާ އިރު، އެ އަންހެން މީހާ ސަލާމަތްވި ކަމެއް އެމީހުންނަކަށް ނޭނގެއެވެ. އަދި އޭގެން އެކަކު ފޯނު ބާއްވާފައި ދިޔުމުން ފުލުހުންގެ ތަހުގީގަށް ވަނީ އިންތިހާއަށް ފަސޭހަވެފައެވެ.

އިންޑިއާގައި ރޭޕްގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ އިރު، ދާދި ފަހުން ވަނީ ރޭޕްގެ ކުށް ސާބިތުވި ފާދިރީއަކަށްވެސް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.