ސައުދީގެ ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާން އޭޝީޔާގެ ޤައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުގެ ދެވަނަ މަންޒިލް، އިންޑިޔާއަށް ދާދި ދެންމެއަކު ވަޑައިގެންފިއެވެ.

ވަލީ އަޙްދު އިންޑިޔާއަށް ވަޑައިގަތުމުން އެމަނިކުފާނަށް ޑެއްލީގެ އެއަރފޯސް ސްޓޭޝަން ޕަލަމްއިންވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ވަލީ އަޙްދަށް މަރުޙަބާ ދެންނެވުމަށް އިންޑިޔާގެ ކެބިނެޓްގެ ގިނަ ވަޒީރުންނާއި އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދެރަ މޯދީވަނީ ވަޑައިގެންފައެވެ.

ވަލީ އަޙްދުގެ މިދަތުރުފުޅުގައި އިންޑިޔާއެކު 1 ބިލިޔަން ޑޮަލަރުގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށްވަނީ ނިންމާފައެވެ. އެއީ އެޤައުމުގެ އިންފްރާސްޓްރަކްޗަރ އަދި ދަނޑުވެރިކަން ކުރިއެރުވުމަށެވެ.

ސައުދީ އަރަބިއްޔާއަކީ އިންޑިޔާއަށް ބޭނުންވާ ތެޔޮ ފޯރުކޮށްދޭ ޤައުމެވެ. އަދި ސައުދީގައި އިންޑިޔާގެ 3.5 މިލިޔަން މީހުން އެކި ވަޒީފާތައް ދަނީ އަދާ ކުރަމުންނެވެ.

ވަލީ އަހްދު އިންޑިޔާއަށް ކުރައްވާ މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ޕާކިސްތާނަށެވެ. އެޤައުމަށް ވަޑައިގެން ވަނީ 20 ބިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއްގައި ސޮއި ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މެކް

    އެހެން މީހުންގެ ފައިބުޑައްވެއްޓި ސަލާމްޖަހަމުންދާއިރު ދިވެހިރާއްޖެއަށް ފައިސާތަކެއް ދިނީކީވެބާ؟ ކަސްމީރު އިންޑިއާ ފަޅީގެ ސެކްއުރިޓީ ބަލަހައްޓަން ހެލްކަޕްޓަރެއް ނުދެވޭ ފެންވަރުގެ ބަޔަކު ރާއްޖެއަށް 2 ހެލްކަޕްޓަރު ދިނީ ކީވެބާ ؟

    3
    1