އިސްރާއިލުން ފުރަތަމަ ފަހަރަށް ހަނދަށް މި ހަފްތާގައި އުޅަދެއް ފޮނުވަން ތައްޔާރުވެއްޖެއެވެ.

"ޖެނެސިސް" ގެ ނަމުން ނަންދީފައިވާ މި އުޅަދަކީ އިންސާނަކާއި ނުލާ ފޮނުވާ އުޅަދެކެވެ. މި އުޅަދު އަންނަ އެޕްރީލް މަހު ހަނދުގައި ޖައްސާ އިރު، އުޅަދު ހަނދަށް ފޮނުވަނީ "ފެލްކަން" ރިކެޓެއްގެ އެހީގައިއެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި އިންސާނަކާއި ނުލައި ޖައްވީ އުޅަނދެއް ހަނދަށް އުދުއްސާލުމުގެ މަސައްކަތް ކުރަނީ އިސްރާއީލުގެ ދިދައެއް ހަނދުގައި ޖެހުމަށް ކަމަށް އެ ގައުމުން ބުނެއެވެ.

88.5 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އިސްރާއީލުގެ ކުންފުންޏެެއް ކަމަށްވާ ސްޕޭސް އެލްއިން އުފެއްދި ޖައްވީ އުޅަނދު ހަނދަށް ތިރި ކުރާނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

އިސްރާއީލުގެ މިކަން ކާމިޔާބު ވެއްޖެ ނަމަ އެ ގައުމު ވާނީ ހަނދަށް އުޅަނދެއް ޖެއްސި ހަތަރު ވަނަ ގައުމަށެވެ. މީގެ ކުރިން ސޯވިއެޓް ޔޫނިއަން، އެމެރިކާ އަދި ޗައިނާގެ ޖައްވީ އުޅަނދުތައް ވަނީ ހަނދަށް ފޮނުވާފައެވެ.

އިސްރާއީލުން މިމަސައްކަތް ފަށާފައިވާއިރު އެމެރިކާގެ އެސްޓްރޮނޯޓުން އަލުން ހަނދަށް އަދި އޭގެ ފަހުން މިއްރީޚް (މާސް) އަށް ފޮނުވުމުގެ މަސައްކަތް ކުރުމުގެ ހުއްދަ، އެމެރިކާގެ ޖައްވީ އިދާރާ ނާސާއަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދާދިފަހުން ދީފައެވެ.

ހަނދުގައި މިހާރުވެސް އެމެރިކާގެ ދިދަ އާއި އެސްޓްރޮނޯޓުންގެ ފިޔަވަޅުތައް އަދިވެސް އެގޮތަށް އެބަ ހުއްޓެވެ. އޭގެ އިތުރުން އެސްޓްރޮނޯޓުން ބޭނުންކުރި ބައެއް ސާމާނުތައް ވެސް ވަނީ ހަނދަށް ދޫކޮށްލާފައެވެ. އެއީ އެމެރިކާގެ ޖައްވީ ހޯދުމުގެ މުހިންމު ނިޝާންތަކެކެވެ.

ޖަޕާން ,ޗައިނާ އާއި އިންޑިއާ އިން ވެސް ޖައްވީ ޕްރޮގްރާމްތައް ފުޅާކުރަމުން އަންނަ އިރު ނާސާ އާއި އެ ނޫން ވެސް ޖައްވީ އިދާރާތަކުން އަންނަނީ 2030ގެ އަހަރުތައް އަންނަންވާއިރަށް މިއްރީޚަށް އެސްޓްރޮނޯޓުން ފޮނުވަން ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވައިޑީ

    ބިންމަތި ފަސާދަކޮށް އުޅޭމީހުންނަށް އެމީހުންގެ މިފަދަ ހުވަފެންތަކާއި މަޤްޞަދުތައް ޙާޞިލްވިޔަ ނުދިނުމަށް ﷲ ގެ ހަޒްރަތުގައި ދުއާކުރަން...

    6
    1
  2. އަލްޖިބްރާ

    ތިޔަ އުޅަދު ހަލާކު ކުރައްވާދޭ ! އާމީން ! ތިޔައުޅަދު ތައްޔާރު ކުރި މީހުންގެ ދިރިއުޅުން ސުންނާފަތި ކުރައްވަފާދޭ ! އާމީން !

    • ގަމާރުމޯލްޑިވިއަންމ

      އެކަމަކު އެމީހުން ހާދަ ކީމިޔާބޭ

  3. އަލްޖިބްރާ

    ޔާމީނުވެސް ކާމިޔާބެއްނު ؟ ވީގޮތް ފެނޭނު ؟

    1
    2