އިންޑިޔާގެ ބާރުގެ ދަށުގައި އޮންނަ ޖަޒީރާ ރަށެއް ކަމަށްވާ ސެންޓިނަލް އައިލެންޑްސް ގައި މިދިޔަ އަހަރު މަރާލި އެމެރިކާގެ ފަތުވެރިޔާގެ މަރުގެ މައްސަލާގައި އެއްވެސް ބަޔަކަށް ފިޔަވަޅު ނާޅާނެ ކަމަށް އެމެރިކާ ސަރުކާރުން ބުނެފިއެވެ.

ސަބަބު ހާމަނުކޮށް އެމެރިކާ ސަރުކާރާއި ހަވާލާދީ ބައެއް ނޫސްތަށް ބުނާގޮތުގައި މި މައްސަލާގައި އެއްވެސް ބަޔަކަށް ދަތިކުރުމުގެ ފިޔަވަޅެއް އަދި އަދަބެއް ދޭން އެމެެރިކާ ސަރުކާރު ބޭނުމެއް ނުވެއެވެ.

އެމެރިކާ އިން މިހެން ބުނި ނަމަވެސް މި މައްސަލާގައި އިންޑިއާގެ ފުލުހުން ދަނީ ބަޔަކު ހޯދަމުންނެވެ. އެމެރިކާގެ ފަތުރުވެރިއެއް ކަމަށްވާ އުމުރުން 27 އަހަރުގެ ޖޯން އެލެން ޗާއޯ އެ ސެންޓިނަލް އައިލެންޑްސްގައި މަރާލި މައްސަލާގައި އިންޑިއާގެ އެންޑަމަން އައިލެންޑްސް ފުލުހުންހޯދަމުން ދަނީ އޭނާ އެރަށަށް އެރުމަށް އެހީތެރިވި އެމެރިކާގެ އިތުރު ދެ ފަތުރުވެރިއެވެ. އެމީހުން މިހާރު އިންޑިއާ ދޫކޮށް ފިލާފައިވާ ކަމަށް ބައެއް ނޫސްތަށް ބުނެއެވެ.

އިންޑިއާގެ ފުލުހުން ވަނީ ޖޯން އެލެން ޗާއޯ އެ ރަށަށް އެރުމަށް އެހީތެރިވިދިން އިންޑިއާގެ މަސްވެރިން ތަކެއްވެސް މީގެ ކުރިން ހައްޔަރުކޮށްފައެވެ.

ޖޯން އެލެން ޗާއޯ މަރާލާފައި ވަނީ އެރަށުގައި ދިރިއުޅޭ ޒަމާނީ ތަހުޒީބާއި ތަރައްޤީ ނުވަތަ ޙަޟާރާތުގެ ރަހަވެސް ދެކެފައިވާ ނުވާ ބައެކެވެ. ޗާއޯ އަށް ހަމަލާދީ މަރާލައިފައިވަނީ ގަޔަށް ތީރު ޖަހައިގެންނެވެ.

އިންޑިއާގެ ބާރުހިގާ، ޖަޒީރާ ސެންޓިނަލް އައިލެންޑްގައި ދިރިއުޅޭ މީހުންގެ އާބާދީ 50 އަށް އަރާ އިރު، މިއީ އެރުން މަނާ ރަށެއްގެ ގޮތުގައި އިންޑިއާގެ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. ސަބަބަކީ މި ރަށުގައި ދިރިއުޅޭ މީހުންގެ ނުރައްކަލެއް ކުރިމަތި ވެދާނެތީއެވެ.

އިންޑިއާގެ ގާނޫނު ތަކުން ވަނީ މިރަށުގައި ދިރިއުޅޭ މީހުންނަށް ރައްކާތެރިކަން ދީފައެވެ. 2004 ވަނަ އަހަރުގެ ސުނާމީގައި މި ރަށުގެ އާބާދީ އެއްކޮށް ނެތި ދިޔަ ކަމަށް ބެލެވުނެވެ. ނަމަވެސް އިންޑިއާގެ އަސްކަރީ ހެލިކޮޕްޓަރަކުން މިރަަށުގެ ހާލަތު ބެލުމަށް ކުރި ދިރާސާ އަކުން މިރަށުގައި އަދިވެސް މީހުން ދިރިއުޅޭ ކަން ވަނީ ކަށަވަރު ވެފައެވެ.

ސެންޓިނަލް އައިލެންޑްސް ގައި ދިރިއުޅޭ މީހުންނާއި މުއާމަލާތު ކުރަން އިންޑިއާ ސަރުކާރުން ވަނީ މީގެ ކުރިން އެތަށް ފަހަރަކު މަސައްކަތް ކޮށްފައެވެ. ނަމަވެސް މި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވާއިރު މީގެ ކުރިން އިގިރޭސި ވިލާތުގެ ފަތުރުވެރިއަކު ވަނީ މި ރަށް ޒިޔާރަތް ކޮއްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ާަހށ

    މިއަށް ތަރައްގީ ޒަމާނުގަވެސް ފަންސާސް މީހުން އުޅޭ ފަޅުރަށަކައް އިންޑިއާ މީހުން ނައް ނޭރިގެން އެއުނީ ބިރުން ހެލިކަޕްޓަރު ގަޔޯ އެރަށުގެ ހާލަތު ބަލަނީ..???

    35
    6
  2. އަހުމަދު

    އިންޑިޔާގެ ބާރުގެ ދަށުގައި އޮންނަނީ ޖަޒީރާ ރާއްޖެ ކަމަށް މަށަށް އެނގިފައި އޮންނަނީ

    19
    6
  3. ޖިންނި

    އެމެރިކާ އެ ރަށް ތަރައްްޤީ ކުރަން ޑިމޮކްރަސީ ތަޢާރަފް ކޮށްބަލަ

    24
    3
  4. ްްސައިޓީ

    ކަލެއަށް މާ ކެރެންޏާމުން ދާންވީއޭނު ދުނި ދަނޑިތަކުތެރޭން ލާފަ.

    12
    6
  5. އަސްްވާރު

    އެމީހުންނަށް މާތެވެގެންވާ އިސްލާން ދީން ދަސްކޮށްދޭން އެރަށަށް ރަންނަމާރި އަރަން ވެއްޖެއެއްނު؟

    8
    4
  6. ކެނެޑީ

    މިއުޅޭ 50 މީހުން އުޅޭ ރަށަކަށް އަރަން ނުކެރިގެންނެއްނޫން؛ ކުރިމަތިލުކަމަށްނުގޮސް އެމީހުންނާ ކޮމިއުނިކޭޓް ކުރެވޭތޯ މިއުޅެނީ.

    5
    1