ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އެޕާޓްމަންޓެއްގައި ރޯވެ 70 މީހުން މަރުވެއްޖެއެވެ.

ރިޕޯޓްތަށް ބުނާގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ، ޑާކާގެ ޗޯކްބާޒާރުގައި ރޭގެ ވަގުތެއްގަ އެވެ.

ކެމިކަލް ގުދަނެއްވެސް ހުންނަ އެ އިމާރާތްތަކުގައި ރޯވި އަލިފާނުގައި މިހާތަނަށް 70 މީހުން މަރުވެފައިވާކަމަށް ބުނެފައިވާއިރު، އެ އަދަދު މަތިވެދާނެކަމަށް ލަފާކުރެވެ އެވެ.

އަލިފާން ގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު ހާދިސާ ހިނގަން މެދުވެރިވީ ގޭސް ސިލިންޑަރެއްގައި ރޯވެގެން ކަމަށް ލަފާކުރެވެއެވެ. ހާދިސާގައި މިހާތަނަށް 50 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަކަށް ބަންގުލަދޭޝްގެ ނޫސްތަކުން ބުނެއެވެ.

ބަގްލަދޭޝްގެ އަލިފާން ނިއްވާ އިދާރާއިން ބުނެފައިވަނީ އަލިފާންގަނޑު ރޯވެފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވަނީ އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރިފައިވަނިކޮށް ކަމަށެވެ. މިހެންކަމުން އަލިފާންގަނޑު ނިއްވަން ދަތިތަކާ ކުރިމަތިވި ކަމަށްވެސް ބުނެފައިވެއެވެ.

މި ހާދިސާ ހިންގާފައިވާއިރު މީގެ ތިން ދުވަސް ކުރިން ބަގްލަދޭޝްގެ ތޮއް ޖެހިފައިވާ ސިޓީއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 200 ގެ ރޯވެ، 9 މީހަކު ވަނީ މަރުވެފައެވެ. އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ ޗިޓަންގް ކިޔާ ބަޤްލަދޭޝްގެ އައްސޭރި ފަށުގައި އޮންނަ ކުޑަ ސަހަރެއްގައިއެވެ.

މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި އެއް ޢާއިލާއަކަށް ނިސްބަތްވާ 4 މީހަކު ހިމެނެއެވެ.މި ހާދިސާގައި އެތަކެއް މީހުންނަކަށް އެކިވަރުގެ ޒަހަމްތައް ލިބިގެން ފަރުވާދިން އިރު، އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގޭ ކަމަށާއި، އެކަމުގެ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މިއަލިފާންގަނޑު ރޯވި ސަބަބު މިހާރު ތަޙްޤީޤް ކުރަމުން އަންނައިރު، މިހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާއަށް ހިނަވާ ކަފުން ކުރުމަށް 2 ލައްކަ ޓަކާ ދިނުމަށް އެޤައުމުގެ ސަރުކާރުންވަނީ ނިންމާފައެވެ.