ބަރަހަނާ ފިލްމް ކުޅުމުގެ ދާއިރާއިން އެމެރިކާގައި ނަން މަޝްހޫރު މީހެއްކަމުގައިވާ ސްޓެފަނީ ކްލިފޯޑް ނުވަތަ ސްޓޯމީ ޑެނިއެލްސްގެ ކިބައިން 20 މިލިއަން ޑޮލަރު ގެއްލުމުގެ ގޮތުގައި ހޯދުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ދައުވާކޮށްފިއެވެ.

ޓްރަމްޕްގެ ލޯޔަރުން ބުނާގޮތުގައި ސްޓެފަނީ ކްލިފޯޑް ވަނީ އޭނާއާއި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ދެމެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ވާހަކަދައްކައިގެން ނުވާނޭކަމަށް އެއްބަސްވެވުނު ކަމަކާއި މެދު އެ ވާހަކަ އާންމުވާފަދަ ގޮތަކަށް ސްޓެފަނީ 20 ފަހަރަށް ވުރެ ގިނައިން ވާހަކަދައްކައި އެ އެއްބަސްވުމާއި ޙިލާފްވެފައިވާކަމަށް ބުނެފައެވެ.

ސްޓެފަނީ ކްލިފޯޑް ވަނީ އޭނާއާއި އެމެރިކާގެ މިހާރު ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ލޯބީގެ ގޮތުން 2009 ވަނަ އަހަރުން ފެށިގެން ދިގު މުއްދަތަކަށް އުޅުނުކަމަށް ބުނެފައެވެ. އެހެންނަމަވެސް ރައީސް ޓްރަމްޕް ވަނީ އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށް އެތައް ފަހަރެއްގެ މަތިން ބުނެފައެވެ.

ސްޓެފަނީގެ ވާހަކަތަކަކީ ހަގީގަރެއްކަމުގައިވާނަމަ އޭނާއާއި ޑޮނަލްޑް ޓްރަމްޕް ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ޓްރަމްޕްގެ އެންމެ ހަގު ދަރިފުޅު ބެރޮން ޓްރަމްޕް އުފަންވިތާ މަދު ދުވަސްކޮޅެއް ފަހުންނެވެ.

ސްޓެފަނީގެ ވާހަކަތަކަކީ ތެދެއްކަމަށް ދައްކުވައިދޭ އެންމެ ބޮޑު އެއް ހެއްކަކީ ރައީސް ޓްރަމްޕްގެ އެންމެ އިސް ލޯޔަރު މައިކަލް ކޯހެން ސްޓެފަނީ އެ ލޯބީގެ ގުޅުމުގެ ވާހަކަތައް ނުދައްކައި ހުރުމަށް ސްޓެފަނީ ކްލިފޯޑްއަށް 130،000 ޑޮލަރުގެ ފައިސާގެ އަދަދެއް ދިންކަމަށް އެއްބަސްވެފައިވާތީއެވެ.

ސްޓެފަނީ ކްލިފޯޑްގެ ލޯޔަރުން ބުނާގޮތުގައި އޭނާއާއި ޑޮނަލްޑް ޓްރަމްޕްއާއި ދެމެދު ވެވުނު އެއްބަސްވުމަކީ ބާތިލް އެއްޗެކެވެ. ސަބަބަކީ އެ އެއްބަސްވުމުގައި ޓްރަމްޕް އަމިއްލަފުޅަށް އެއްވެސް އިރެއްގައި ސޮއިކުރައްވާފައިނުވާތީއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުރަބޯ

    ބޭޒާރުކޮށްލީމާ ދަޢުވާކުރަނީތާ....!!!

  2. އއއ

    ކަލޯ ތިނޫން ޙަބަރެއް ނެތް ތަ

  3. ހުސޭނުބޭ

    ބަރަހަނާ ފިލްމު ކުޅެގެން ޓްރަމްޕަށް ލިބެންޖެހޭ ލާރިކޮޅު ނުދިނީމާ ދައުވާކުރީ.