ސީރިއާގެ ދާހިލީ ހަނގުރާމަ އިން ސަލާމަތްވާން ސީރިއާ ދޫކޮށް ކެނެޑާ އަށް ހިޖުރަކުރި އާއިލާއެއް ދިރިއުޅޭ ގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އާއިލާގައި ތިބި ހަތް ކުދިން މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސީރިއާ އިން 2017 ވަނަ އަހަރު ކެނެޑާ އަށް ހިޖުރަކުރި އާއިލާ ދިރިއުޅެމުން ދިޔައީ ކެނެޑާގެ ނޯވާ ސްކޮޓީގައެވެ. އެއާއިލާގައި ހިމެނެނީ މަންމަ އާއި ބައްޕަގެ އިތުރުން ހަތް ކުދިންނެވެ. އެކުދިންގެ އުމުރު އުޅެނީ 15 އަހަރާއި ހަތަރު މަހާއި ދެމެދުގައެވެ.

އަންގާރަ ދުވަހުގެ ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި ހަތް ކުދިން މަރުވުމުގެ އިތުރުން ކުދިންގެ ބައްޕަ ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. ބައްޕައަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާއިރު އޭނާގެ ހާލު ސީރިއަސްއެވެ. ބައްޕަ އަށް އަނިޔާވީ އޭނާގެ ދަރިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައެވެ.

ކުދިންގެ މަންމަ އަށް މިހާދިސާގައި އަނިޔާއެއް ނުލިބުނު ނަމަވެސް ހުރިހާ ދަރިން މަރުވުމުން އޭނާގެ ހާލު ވެސް ވަނީ ދެރަވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ކުދިންގެ މަންމަ ގެންދަނީ ދަރިންގެ ނަންތައް ގޮވާ އެކުދިން އޭނާގެ ކައިރިއަށް ގެނެސްދިނުމަށް އެދި ރޮމުންނެވެ.

ސީރިއާގެ އާއިލާ ދިރިއުޅުނު ގޭގެ އަވައްޓެރިން ބުނާ ގޮތުގައި ބާރުގަދަ އަޑެއް އިވިގެން އެމީހުން ބޭރު ބަލާލިއިރު އެގޭގައި ހުރީ އަލިފާން ރޯވެފައެވެ. އަލިފާނުގެ ސަބަބުން މުޅި ގެ އަނދައިގެން ދިޔައީ ވަރަށް ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަމަށް އަވައްޓެރިން ބުނެއެވެ.

ފުލުހުން ގެންދަނީ މިހާރު މިހާދިސާ ތަޙްޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލާމު

    ބަޔަކު ގަސްތުގައި ކުރިކަމެއްބާ.

    1
    1
  2. އަހުމަދު

    ކެނަޑާ އަކީ މުސްލިމުންނާއި ވަރަށް ދެކޮޅު މީހުން އުޅޭ ގައުމެއް ގަސްދުގައި އެއްޗެއް ގޮއްވާލުމާއި ގާތީ އެކަމު ތިކަމަކީ ރާއްޖޭގައި ހިނގި ކަމެއް ނަމަ ދުނިޔޭގެ ގައުމު ތަކުން ބަޔާން ނެރޭނެ ކެނޑާ ސަފީރު އެންމެ ކުރީގައި ހުންނަނީ ރާއްޖޭގައި ގޮތްނޭގޭ މަރުތައް ހިނގާ ގެއްލޭ މީހުން މިސަރުކަރު އައިފަހުން އަބަދު އިވެނީ ބޭރު ގައުމަކުން ޗުއްޕުވެސް ނުބުނޭ ކޮބާ އިންސާނީ ހައްގު ތަކުގެ މީހުން

    3
    2
    • ޝިއުނާ

      ޙުރިހާ ކަމެއް ސިޔާސީ ނުކުރޭ. މިސަރުކާރު އައި ފަހުންތަ ރާއްޖާގައި މީހުން މަރަމުން ދަނީ.އަފްރާޝީމް އަލީ މަރާޅީ ވެސް މިސަރުކާރުގަތަ.ރުލްވާން ގެއްލުވާލީ މިސަރުކާރުގަތަ.ޔާމީން ރަޝީދު މަރާލީ މި ސަރުކާރުގަތަ އްފްރާޝީމްގެ މަރު ފޮރުވަން މަރާލި އޭ ބުނާ ޕޮލިސް މިހާ (ސިސީޓީވީ ކެމެރާ ބަލަހައްޓަން ހުރި) މީހާ މަރާލީވެސް މި ސަރުކާރުގަތަ.

  3. ހުސައިން

    إنّالله وإنّا إليه راجعون