އިންޑިއާގެ ރާޖަސްތާނުގެ ސެންޓްރަލް ޖަލުގައި ހުރި ޕާކިސްތާނުގެ ޝާކިރުﷲ ނަމަކަށް ކިޔާ ގައިގައި ގަލުން ތަޅައި މަރާލައިފި އެވެ.

މިމީހާ މަރާލާފައިވަނީ އެޖަލުގައި ތިބި އިންޑިޔާގެ ގައިދީން ކަމަށް އިންޑިޔާގެ ނޫހެއް ކަމަށްވާ "ދަ ޑޯން" އިން ރިޕޯޓްކޮށްފައިވެއެވެ. ޖަލުން ތަޅާ މިމީހާ މަރާލާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި 2011 ވަނަ އަހަރުން ފެށިގެން ޖައިޕޫރުގެ ޖަލުގައި ހުރި ޕާކިސްތާނުގެ ގައިދީ އަށް ހަމަލާ ދޭން ފެށީ ޖަލުގައި ހިންގި ޒުވާބަކަށް ފަހު ކަމަށް އެނޫހުން ރިޕޯޓްކުރެއެވެ.

އިންޑިޔާގެ ޖަލެއްގައި ޕާކިސްތާނުގެ ޤައިދީއެއް ގަލުން ތަޅާ މަރާލާފައި މިވަނީ އިންޑިޔާއާއި ޕާކިސްތާނާ ދެމެދު މަޝްރަޙް ވަރަށް ގޯސްވެފައިވަނިކޮށެވެ. އެއީ، ކަޝްމީރުގައި އިންޑިއާ ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާގައި 42 މީހުން މަރާލުމާ ގުޅުގެންނެވެ. މިކަމުގެ ތުހުމަތު އިންޑިޔާއިން ޕާކިސްތާނަށް ކުރާއިރު، ޕާކިސްތާނުން މިކަމަށް ވަނީ އިންކާރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލަލަލާ

    ޅޮލް

    2
    7
    • ގަމާރު

      ވަޓްސް ސޯ ފަނީ؟

      4
      1
  2. ބުއްދާ

    ޕާކިސްރާނު ޖަލުތަކުގައި ތިބި އިންޑިއާ ބުއްދާއިން އަނިޔާވެރިކޮށް މަރާލާ އޭގެ ވީޑިއީ ވއސް ބުއްދާ މޯދީއަށް ދައްކަންވީ.

    12
    1